ރާއްޖޭގެ ޚަބަރު "އެމްވީޓީވީ ހިންގުމުގެ ހުއްދައާއި ދެމެދަށް ސަލަފުން ހުރަސްއަޅާފައިވާ ކަމަށް ބުނެ ދޮގު ޚަބަރެއް ފެތުރިކަމީ ޚުތޫރަތްތެރިކަން ބޮޑު ޒިންމާދާރުކަމެއް ނެތް ޢަމަލެއް": ސަލަފު

"އެމްވީޓީވީ ހިންގުމުގެ ހުއްދައާއި ދެމެދަށް ސަލަފުން ހުރަސްއަޅާފައިވާ ކަމަށް ބުނެ ދޮގު ޚަބަރެއް ފެތުރިކަމީ ޚުތޫރަތްތެރިކަން ބޮޑު ޒިންމާދާރުކަމެއް ނެތް ޢަމަލެއް": ސަލަފު

"އެމްވީޓީވީ ހިންގުމުގެ ހުއްދައާއި ދެމެދަށް ސަލަފުން ހުރަސްއަޅާފައިވާ ކަމަށް ބުނެ ދޮގު ޚަބަރެއް ފެތުރިކަމީ ޚުތޫރަތްތެރިކަން ބޮޑު ޒިންމާދާރުކަމެއް ނެތް ޢަމަލެއް": ސަލަފު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފުން މިދިޔަ އަހަރު ބޭއްވި އަހަރީ ޖަލްސާގެ ތެރެއިން - ދިއިސްލާމް ފޮޓޯ / އިބްރާހީމް އަޝްވާޤް

"އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ހިންގުމަށް މަސައްކަތް ކުރަމުން އަންނަ އެމްވީޓީވީގެ ހިންގުމުގެ ހުއްދައާއި ދެމަދަށް ސަލަފުން ހުރަސް އަޅާފައިވާ ކަމަށް ބުނެ ސާފު ދޮގު ޚަބަރެއް ޖެހިލުމެއް ނެތި ދުވަހު ނޫސް 'މިނިވަން' އިން ފެތުރިކަމީ ޚުތޫރަތްތެރިކަން ބޮޑު ޒިންމާ ދާރުކަމެއް ނެތް ޢަމަލެއް"ކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބުނެފިއެވެ.

އެޖަމްޢިއްޔާއިން މިގޮތަށް ހާމަކޮށްފައިވާނީ ދުވަހު ނޫސް މިނިވަންގެ 12 މެއި 2012 ވަނަ ދުވަހުގެ ޢަދަދުގައި 'ސަލަފު ޖަމިއްޔާއާއި ޢަދާލަތުން ހުރަސް އަޅަމުން ގެންދަނިކޮށް އެމްވީޓީވީ އުފެއްދުމުގެ ހުއްދަ ލިބިއްޖެ' މިސުރުޚީގެ ދަށުން ސަލަފާއި މެދު ލިޔެފައިވާ ލިޔުމާއި މެދު އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢިބްރާހިމް ފައުޒީއަށް ޖަމްޢިއްޔަތުއް ސަލަފުން 15 މެއި 2012ގައި ފޮނުވާފައިވާ ސިޓީއެއްގައެވެ.
ޖަމްޢިއްޔަތުއް ސަލަފުން އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިނިވަންނޫހުގައި އެސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމުގައި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ޓީވީ ޗެނަލް ހިންގުމުގެ ލައިސަންސަށް އެކިގޮތްގޮތުން ހުރަސް އަޅަމުން ގެންދިޔަ ކަމަށާއި ހުރަސްތައް ކުރިމަތި ކުރުވަމުން ގެންގޮސްފައިވާ ކަމަށް މިނިވަންއަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ލިޔެފައިވާކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފާއި މެދު މިފަދަ ސާފު ދޮގު ޚަބަރެއް ޖެހިލުމެއް ނެތި ދުވަހު ނޫސް 'މިނިވަން' އިން ފެތުރިކަމީ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އިން އެކަމުގައި ކަންބޮޑުވާންޖެހޭނެ ކަމެއްކަމަށް ދެކޭ ކަމަށް ސަލަފުގެ ސިޓީގައި ބުނެފައިވެއެވެ.

ސަލަފުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ދުވަހު ނޫސް 'މިނިވަން' ގައި އެޚަބަރު ލިޔެފައިވާގޮތުން އެވާހަކައަކީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން މިނިވަން ނޫހަށް ލިބިފައިވާ މަޢުލޫމާތެއްކަމުގައި ދޭހަވާކަމަށާއި ޖަމްޢިއްޔަތުއް ސަލަފާމެދު މިފަދަ ވާހަކައެއް ފަތުރަމުންދާއިރު އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން 'ހަނު ހުރުން' އިޚްތިޔާރުކޮށްފައިވާތީ މިފަދަ ވާހަކައެއް ސަލަފާއި މެދު އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން ދުވަހު ނޫސް މިނިވަންއަށް ދީފައިވާނެތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށްދިނުމަށް އެދޭ ކަމަށެވެ.

މިކަމާއި ބެހޭ ގޮތުން އިސްލާމިކް ފައުންޑޭޝަންގެ ބަހެއް ހޯދާލުމަށް އެޖަމްޢިއްޔާގެ ގުޅާލުމުން އެޖަމްޢިއްޔާގެ ރައީސް ޢިބްރާހިމް ފައުޒީ ބުނެފައިވަނީ "ދިއިސްލާމަށް މަޢުލޫމާތު ދޭން ބޭނުމެއް ނޫން" ކަމަށެވެ.
މިނިވަން ނޫހުގައި ޖަމިއްޔަތުއް ސަލަފާއި މެދު ކޮށްފައިވާ ތުހުމަތާއި މެދު އިސްލާމިކް ފައުންޑޭޝަންގެ ބަހެއް ހޯދުމަށް ޖަމިއްޔަތުއް ސަލަފުން ފޮނުވާފައިވާ ސިޓީއަށްވެސް އެޖަމިއްޔާއިން ޖަވާބެއް މިހާތަނަކަށް ދީފައެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.