އެހީ! އިސްލާމިކް ފައުންޑޭޝަން އިން 111،111/11 ރުފިޔާ ޕާކިސްތާނު ހައިކޮމިޝަންއާއި ހަވާލުކޮށްފި

އިސްލާމިކް ފައުންޑޭޝަން އިން 111،111/11 ރުފިޔާ ޕާކިސްތާނު ހައިކޮމިޝަންއާއި ހަވާލުކޮށްފި

އިސްލާމިކް ފައުންޑޭޝަން އިން 111،111/11 ރުފިޔާ ޕާކިސްތާނު ހައިކޮމިޝަންއާއި ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ފައުންޑޭޝަން އިން 111،111/11 ރުފިޔާ ޕާކިސްތާނު ހައިކޮމިޝަންއާއި ހަވާލުކޮށްފިއެވެ.

އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ޕާކިސްތާނުގައި އެތަށް މިލިއަން މުސްލިމުންތަކެއް ހާލުގައި ޖެހިފައިވާތީ، ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ގޮތުން އެޖަމިއްޔާއިން ހުޅުވާފައިވާ ފަންޑަން ލިބިފައިވާ ފައިސާ ހަވާލުކުރުން އޮތީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް ދިއިސްލާމްއަށް ހަބަރު ލިބިފައިވެއެވެ .އިސްލާމިކް ފައުންޑޭޝަން އިން ހާމަކޮށްފައިވާގޮތުގައި އެޖަމިއްޔާއިން ޕާކިސްތާނަށް އެހީވުމުގެ ގޮތުން 111،111/11 ރުފިޔާ (އެއްލައްކަ އެގާރަހާސް އެއްސަތޭކަ އެގާރަ ރުފިޔާ އެގާރަ ލާރި) ޕާކިސްތާނު ހައިކޮމިޝަނާއި ވަނީ ހަވާލުކޮށްފައެވެ.

ޕާކިސްތާނު ފަންޑަށް ލިބުނު ފައިސާގެ ޗެކް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޚްތަރު ޢަލީ ސުޙެލްރީ ވަނީ އިސްލާމިކް ފައުންޑޭޝަންގެ އެހީއަށް ޝުކުރު އަދާކޮށް އަދިވެސް އިތުރު އެހީ ބޭނުންވާކަމަށް ހާމަކޮށްފައެވެ.

ޓެގް

އެހީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.