ރާއްޖޭގެ ޚަބަރު ދީނީ ޝިޢާރު ފާޅުކުރުމާބެހޭ ބައި އަނބުރާ އިސްލާމިކް މިނިސްޓްރީގެ ދަށަށް

ދީނީ ޝިޢާރު ފާޅުކުރުމާބެހޭ ބައި އަނބުރާ އިސްލާމިކް މިނިސްޓްރީގެ ދަށަށް

ދީނީ ޝިޢާރު ފާޅުކުރުމާބެހޭ ބައި އަނބުރާ އިސްލާމިކް މިނިސްޓްރީގެ ދަށަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިސްކިތްތަކުގައި ދީނީ ޝިޢާރު ފާޅުކުރުމާބެހޭ ސިޔާސަތު އިސްލާމިކް މިނިސްޓްރީގެ ދަށަށް އަނަބުރާ ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާއިބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް އިއްޔެ ހަވީރު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އެމަސައްކަތަކީ ރައްޔިތުންގެ މަޖިލީހުން އެމިނިސްޓްރީއާ ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެމަސައްކަތް އަނބުރާ މިނިސްޓްރީގެ ދަށަށް ގެނައުމަށް މާލޭ ސިޓީ ކައުންސިލަށް އިއްޔަ ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތްކަގައި ދީނީ ޝިޢާރު ފާޅުކުރުމާއި ބެހޭ ބައި އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ ސިޓީ ކައުންސިލާއި ހާވާލުކޮށްފައި ކަމަށާއި އެކަމުގައި ސިޓީ ކައުންސިލާ ދިމާލަށް އެއްޗެއް ބުނެވެން ނެތްކަމަށެވެ.

އަދި މީގެ ފަހުން މިސްކިތް ތަކުގައި ދީނީ ދަރުސް ދިނުމަށް ކައުންސިލްތަކުގެ އެއްވެސް ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށާއި ދަރުސް ބާއްވާ ކަމުގެ މަޢުޅޫމާތު ސިޓީކައުންސިލަށް އަންގާލުމުން ފުދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ގެނައުމާއި ބެހޭ ގޮތުން ވާހަކަ މިނިސްޓަރ ޝަހީމް ވިދާޅުވީ މިސްކިތްތަކުގެ ހަޤީޤި ބެލެނިވެރިއަކީ އިސްލާމިކް މިނިސްޓްރީ ކަމަށެވެ. ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ޤާނޫނު އެކުލައިވައިލުމަށް ނިންމާފައިވާ ކަމަށާއި އެޤާނޫނު ފާސްވެގެން އަންނަ އިރު މިސްކިތްތަކާބެހޭ ހުރިހާ ކަމެއް އަނބުރާ އިސްލާމިކް މިނިސްޓްރީގެ ދަށަށް އަންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.