1431 ވަނައަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމާއި ބެހޭގޮތުން ބާއްވާ ބައްދަލުވުން މިރޭ އޮންނާނެއެވެ.
1431ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ގޮތުންބާއްވާ ރަސްމީޖަލްސާ މިރޭ އިސްލާމީމަރުކަޒުގެ މީޓިންގް ރޫމްގައިއޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ. މިރޭ 21:30 ން 22:30 ބޭއްވުމައްހަމަޖެހިފައިވާ ބައްދަލުވުމުގައި މަޝްވަރާކުރެވި ޝައްވާލުމަހުގެ ހަނދާއިބެހޭގޮތުން މީޑިޔާ މެދުވެރިކޮށް ޢާއްމުކޮށް އިޢުލާންކުރުންވެސް އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ.
މިރޭގެ މިބައްދަލުވުމަށް ދަޢުވަތު އެރުވިފައިވަނީ ދީނީ ޢިލްމްވެރިންނަށާއި ދިވެހިރާއްޖޭގެ ފިޤުޙް އެކަޑަމީގެ މެންބަރުންނަށްކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...