ރާއްޖޭގެ ޚަބަރު އިސްލާމީ އުސޫލުތަކުގެ މަތީން ބަދަހި އާއިލާތަކަކަށް ހެދުމަށް އަތާއި އަތް ގުޅާލަންޖެހޭ: ފެމެލީ ކޯޓް

އިސްލާމީ އުސޫލުތަކުގެ މަތީން ބަދަހި އާއިލާތަކަކަށް ހެދުމަށް އަތާއި އަތް ގުޅާލަންޖެހޭ: ފެމެލީ ކޯޓް

އިސްލާމީ އުސޫލުތަކުގެ މަތީން ބަދަހި އާއިލާތަކަކަށް ހެދުމަށް އަތާއި އަތް ގުޅާލަންޖެހޭ: ފެމެލީ ކޯޓް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: ދިއިސްލާމް

 ދިވެހި ޢާއިލާތައް އިސްލާމީ އުސޫލުތަކުގެ މަތީން ބަދަހި ޢާއިލާތަކަކަށް ހެދުމަށްޓަކައި ހުރިހާ ރައްޔިތުން އެއްބައިވެ، އަތާއި އަތްގުޅާލަން ޖެހޭ ކަމަށް ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން ފެމެލީ ކޯޓުން ނެރެފައިވާ ސަޕްލިމެންޓެއްގައި ބުނެފިއެވެ.

މީގެއިތުރުން ކޯޓުން ބުނީ ޢާއިލާތައް އިސްލާހުވެގެން ނޫނީ މުޖުތަމަޢެއް އިސްލާހު ނުވާނެ ކަމަށާއި ޢާއިލާތައް ރޫޅުމުގެ ސަބަބުން ކުދިންނަށް އަޅާލާނެ މީހަކު ނެތި ބިކަވެ، މުޖުތަމަޢުގެތެރެއަށް ގިނަވުމުގެ ސަބަބުން ކުށްކުރާ ކުދިންގެ ޢަދަދު އިތުރުވެ އެކަމުގެ ސަބަބުން ޤައުމު ހަލާކުވެ ވީރާނާވަމުންދާ ކަމަށެވެ.

އަދި ފަހަކަށް އައިސް އުމުރުން ހަގު ކުދީން އެކުދީންގެ ވަލީވެރީންގެ މައްޗަށް ދަޢުވާކުރާ ކަމަށާއި އަދި އެކަންކަން ކުރަން ޖެހެނީ ކީއްވެގެންތޯ ކޮންމެ މީހަކު ވެސް އަމިއްލައަށް ސުވާލުކޮށް ޖަވާބު ހޯދަންޖެހިފައިވާ ކަމަށާއި ޢާއިލާތައް ރޫޅި ދަރިން ބިކަވާ ސަބަބުތައް ފަންނީ ގޮތުން ހޯދައި ބަލައި، ޢާއިލާތައް ރޫޅާލެވޭ ހުރިހާ ގޮތްތަކެއް ދޫކޮށްލުމަށް ޢަޒުމު ކަނޑައަޅަންވެއްޖެ ކަމަށް ވެސް ފެމެލީ ކޯޓުގެ ބަޔާނުގައިވެއެވެ.

ކައިވެންޏާ ދޭތެރޭ ވިސްނުމުގެ މުހިއްމުކަމަށް އަލިއަޅުވާލައި އެ ބަޔާނުގައި ބުނެފައިވަނީ ކައިވެންޏަކީ ކޮބައިކަމާއި ކައިވެންޏަށްފަހު ދެމެފިރިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ކައިވެނީގެ ކުރީން އުނގެނި ދަސްކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން ކަމަށް މުޖުތަމަޢު ހޭލުންތެރިވުމަކީ ވަރަށް ވެސް މުހިންމު ކަމެއްކަމަށެވެ.

ފެމެލީ ކޯޓުން މިފަދަ ބަޔާނެއް ނެރެފައިވާއިރު މި ގައުމުގައި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ވަބާ އަދި މިނޫނަސް ތަފާތު ކުށްތައް ކުރުންވަނީ އާއްމުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.