މަނަދޫގައި ބަހައްޓާފައިވާ ޕީކޭ ފަންޑުފޮށި ފަޅާލައިފިކަމަށް އެރަށުން ހަބަރު ލިބިއްޖެއެވެ.
ޕީކޭ ފަންޑުގެ ފަރާތުން މަނަދޫ މިސްކިތުގައި ބަހައްޓާފައިވާ ފަންޑުފޮށި ފަޅާލާފައިވާކަން އެނގިފައިވަނީ ފަންޑުފޮށީގެ ސީލްތައް ކަނޑާލައި ގެއްލުން ދީފައިވާކަން އެނގުނީ އިޝާނަމާދު ވަގުތުގައި ކަމަށާއި ފަންޑު ފޮށި ފަޅާލައިފައިވާކަން ބެލެވެނީ ދެނަމާދު ދޭތެރޭގައިކަމަށް ހަބަރު ލިބެއެވެ. ހަބަރު ލިބިފައިވާގޮތުގައި ފޮށިން ގެއްލިފައިވަނީ ކިތައް ރުފިޔާކަމެއް ނޭނގޭ ކަމަށާއި ފޮށީގެ ސީލް ކަނޑާލާފައިވާކަން ޔަގީން ކުރެވޭކަމަށް ހަބަރު ލިބެއެވެ.
މިމައްސަލަ ޕޮލިހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...