ރާއްޖޭގެ ޚަބަރު "ސިހުރުވެރިން ދެނެގަންނާނެ ގޮތް" ކަވަރ ސްޓޯރީއާއެކު ދިއިސްލާމް މަޖައްލާގެ 12 ވަނަ ޢަދަދު ނެރެފި

"ސިހުރުވެރިން ދެނެގަންނާނެ ގޮތް" ކަވަރ ސްޓޯރީއާއެކު ދިއިސްލާމް މަޖައްލާގެ 12 ވަނަ ޢަދަދު ނެރެފި

"ސިހުރުވެރިން ދެނެގަންނާނެ ގޮތް" ކަވަރ ސްޓޯރީއާއެކު ދިއިސްލާމް މަޖައްލާގެ 12 ވަނަ ޢަދަދު ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް މަޖައްލާގެ 12 ވަނަ ޢަދަދު [2012 މެއި މަހުގެ ޢަދަދު] ބާޒާރަށް ނެރެފިއެވެ.
މިޢަދަދުގެ ކަވަރ ސްޓޯރީއަކީ އަޖުނާދު ޢަލީ ލިޔުއްވާފައިވާ "ސިހުރުވެރިން ދެނެގަންނާނެ ގޮތް" މިއެވެ. މިލިޔުމުގައި ސިހުރުވެރިން ޢަމަލުތައް ހުންނާނެގޮތާއި އެޢަމަލުތަކުން ސިހުރުވެރިންނަކީ ކޮބައިކަން ދެނެގަންނާނެގޮތް ލިޔުއްވާފައިވެއެވެ.
މިއީ ދިއިސްލާމް މަޖައްލާ ނެރެންފެށިތާ އެއް އަހަރު ފުރޭ މުނާސަބާ ކިޔުންތެރިންނާ ބައްދަލުކުރާ ފަހަރެވެ.
ފާހަގަކޮށްލެވޭ އެހެން ބައެއް ލިޔުންތަކުގެ ތެރޭގައި :
- މުޖުތަމަޢުގައި އަށަގެންފައިވާ ރިޝްވަތާ ބެހޭގޮތުން އައްޝައިޚް މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ "ރިޝްވަތުދޭ މީހާއާއި ރިޝްވަތު ހިފާ މީހާ" ،
- ޙަސަން ޒާހިރު ލިޔުއްވާފައިވާ "އަބަދުވެސް އިވެނީ އިޖުތިމާޢީ ފޭރާން ވީދެމުންދާ ވާހަކައެވެ." އަދި
- ޢަބްދުލް ހާދީ ޙުސައިން ލިޔުއްވާފައިވާ "އަދި ފިރިހެން ކުއްޖަކު އަންހެން ކުއްޖަކާ އެއްފަދައެއް ނޫނެވެ." ފަދަ ލިޔުންތައް ހިމެނެއެވެ.
ތުއްތުކުދިންނާއި ބެލެނިވެރިންގެ މަޤުބޫލުކަން ލިބިފައިވާ ޢާއިޝަތު ޒިފާފް ކުޑަކުދިންނަށް ތައްޔާރުކޮށް ގެނެސްދޭ "ދޮންދޫނި ބަގީޗާ" ޞަފްޙާ މިފަހަރުވެސް ހިމެނެއެވެ.
އޭގެ އިތުރުން "ސުވާލާއި ޖަވާބު" ، "އިންފޮމޭޝަން ޓެކްނޮލޮޖީ" ، "ސިއްހީ މައުލޫމާތުގެ ވެށި" ، "ފޮތް ހަރުގަނޑު" ، "ތާރީޚްގެ ފަތްފުށްތަކުން" ، "ސުފުރާ" ، "އެނގޭތަ؟" ފަދަ ބައިތައް މިޢަދަދުގައިވެސް ހިމެނެއެވެ.
ދިއިސްލާމް މަޖައްލާއަކީ އޭޕްރީލް 7، 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރެމުންދާ މަޖައްލާއެކެވެ. މިމަޖައްލާއަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދިކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ ޖޫން 1، 2011 ގައެވެ.
މިމަޖައްލާގެ އަގަކީ 15 ރުފިޔާއެވެ. މިމަޖައްލާ މާލޭގެ ބުކްޝޮޕްތަކާއި ބައެއް ރަށްރަށުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

މަޖައްލާ މާލެއިން ލިބެން ހުންނާނެ ތަންތަނުގެ ތެރޭގައި ޝޮޕް4މުސްލިމްސް.ކޮމް، އަސްރަފީ ބުކްޝޮޕް، ނޮވެލްޓީ ބުކްޝޮޕް، ޗާންދާލިޔާ ބުކްޝޮޕް، މިލިއަން ބުކްޝޮޕް، ރާދަ ބުކްޝޮޕް، ނޮލެޖް ބުކް ސެންޓަރ، ރައުންޑުވަން ބުކްޝޮޕް، ޕްލާޒާ ޓެކްސްޓައިލް، 70 ނަންބަރު ފިހާރަ، ރިސާލާ ބުކްޝޮޕް، ފޮންޓާނާ ބުކްޝޮޕް، އަބާޔާ ފިހާރަ، ފްރީޒް ބްރޭންޑް އަދި ޖިލްބާބު ސޭލް ހިމެނެއެވެ.
"ޝޮޕް4މުސްލިމްސް.ކޮމް"ގެ ފަރާތުން ދަނީ ދިއިސްލާމް މަޖައްލާ މާލޭގެ ކޮންމެ ތަނަކަށްވެސް ގެންގޮސްދިނުމުގެ ޚިދުމަތްދެމުންނެވެ.
އެގޮތުން މަޖައްލާ ބޭނުންވާ ފަރާތްތަކުން ނަންބަރު 7848414 ށް ގުޅުއްވާފައި އެދިލެއްވުމުން އެބޭނުންވާ ތަނަކަށް ގެންގޮސްދެވޭނެ ކަމަށް "ޝޮޕް4މުސްލިމްސް.ކޮމް"އިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.