ރާއްޖޭގެ ޚަބަރު ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ލިބެމުންދާ ވޭން، މުޅި އުއްމަތް އެވޭންގެ އިހުސާސްކުރަންޖެހޭ : އެމްޕީބީއޭގެ ރައީސް ޝައިޚް ޠައްޔިބް

ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ލިބެމުންދާ ވޭން، މުޅި އުއްމަތް އެވޭންގެ އިހުސާސްކުރަންޖެހޭ : އެމްޕީބީއޭގެ ރައީސް ޝައިޚް ޠައްޔިބް

ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ލިބެމުންދާ ވޭން، މުޅި އުއްމަތް އެވޭންގެ އިހުސާސްކުރަންޖެހޭ : އެމްޕީބީއޭގެ ރައީސް ޝައިޚް ޠައްޔިބް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރޭ ބޭއްވި އެމްޕީބީއޭގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި ޢާއްމު ޖަލްސާގައި އެޖަމްޢިއްޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް އައްޝައިޚް މުޙައްމަދު ޠައްޔިބު ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ- ފޮޓޯ: އެމްޕީބީއޭ

ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ލިބެމުންދާ ވޭން، މުޅި އުންމަތް އެވޭންގެ އިހްސާސް ކުރަންޖެހޭ ކަމަށް މޯލްޑިވްސް - ޕެލެސްޓައިން ބްރަދަރހުޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ފުރަތަމަ ރައީސް އައްޝައިޚް މުޙައްމަދު ޠައްޔިބު ވިދާޅުވެއްޖެއެވެ.

އެމްޕީބިއޭ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓްރީކުރުމަށްފަހު އެޖަމްޢިއްޔާގެ ހިންގާކޮމިޓީއަށް މެންބަރުން ހޮވުމަށް އަމީރު އަޙްމަދު ސްކޫލުގައި ރޭ ބޭއްވި ޢާއްމު ޖަލްސާގައި ރައީސްކަމަށް އިންތިޚާބުވުމަށްފަހު، ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުންނާ މުޚާޠަބުކުރައްވައި ވާހަކަ ދައްކަވަމުން ޝައިޚް ޠައްޔިބު ވިދާޅުވީ  "ދީނުގެ ޢަދާވަތްތެރިން އެބައިމީހުންގެ ރޭވުން މިއޮންނަ ގޮތަކީ އެބައިމީހުން ދުނިޔޭގެ ދެންތިބި އެހެން މީހުންނަށް ވިސްނުވައިދޭން ބޭނުންވާ އެއްޗަކީ ފަލަސްޠީނުގެ މައްސަލައަކީ އެއީ އަޅުގަނޑުމެން [ދިވެހިން] އެކަމާ މާބޮޑަށްބެހި ވާހަކަ ދައްކާ އުޅޭ މައްސަލައަކަށް ވެގެންނުވާނޭ. އެއީ ޢަރަބީންގެ މައްސަލައެކޭ. އެހެންކަމުން އަޅުގަނޑުމެން ރާއްޖޭގެ މި އާބާދީގައި އެކަމާމެދު ކޮންމެހެން ނުޖެހެއޭ ފިކުރުކުރަން. އެއީ ޢަރަބީންގެ ތެރޭގައި އެމީހުންގެ ތެރޭގައި އޮތް މައްސަލައެކޭ. އާދެ މިމެސަޖަކީ މުޅި ދުނިޔެއަށް ފޯރުކޮށްދޭ ވަރަށް ނުބައި މެސެޖެއް" ކަމަށެވެ.

ޝއިޚް ޠައްޔިބު ވިދާޅުވީ މއަދު ތެދުވެ މިތިބީ ފަލަސްޠީނުގެ ރައްޔިތުންނާއެކުވާކަން ހާމަކުރުމަށް ކަމަށާއި އެއީ އަޅުގަނޑުމެން މުސްލިމުންގެ ހަށިގަނޑުގެ އެއްބައިކަން މުޅި ދުނިޔެއަށް ހަނދާންކޮށްދިނުމަށް ކަމަށެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވާ ފަދައިން މުސްލިމް އުއްމަތަކީ އެއްހަށިގަނޑެއްގެ މިސާލު ކަމުގައި ޝައިޚް ޠައްޔިބް ބަޔާންކުރެއްވިއެވެ.

ރޭގެ މިޖަލްސާގައި އެޖްމްޢީއްޔާގެ އަސާސީ ޤަވާޢިދަށް ބައެއް ބަދަލުތައް ގެނައުމަށްވަނީ ފާސްކޮށްފައެވެ. އެގޮތުން އެއް ނައިބު ރައީސުންގެ ބަދަލުގައި ދެ ނައިބުރައީސުން އިންތިޚާބު ކުރާގޮތަށް ރޭވަނީ ފާސްކޮށްފައެވެ. އަދި ހިންގާ ކޮމިޓީގައި ހިމެނޭ އިތުރު ތިން މެންބަރުން ޢަދަދު ފަސް މެންބަރުންނަށް އިތުރުކުރުމަށްވަނީ ފާސްކޮށްފައެވެ.

ރައީސްގެ މަޤާމާއެކު ހިންގާ ކޮމިޓީގެ އިތުރު 10 މަޤާމަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

އެގޮތުން ދެ ނައިބުރައީސުންނަށް ހޮވުނީ ޑރ. އަޙްމަދު ޒިޔާދު ބާޤިރު އަދި ޙަސަން ޝާކިރު މުޙައްމަދުއެވެ. ސެކްރެޓަރީއަކަށް ޢަބުދުﷲ ޝާކިރު މުހައްމަދު، މަޢުލޫމާތު ފަތުރާ ސެކްރެޓަރީއަކަށް އައްޝައިޚް އަޙްމަދު މައުމޫން އަދި ހަޒާންދާރަކަށް ހޮވާފައިވަނީ އިސްމާއިލް ފަޔާޒްއެވެ.

އިތުރު ފަސް މެންބަރުންގެ ގޮތުގައި ހޮވާފައިވަނީ މައިޒާން އަޙްމަދު މަނިކުއާއި، ރާޣިބް ޚަލަފްއާއި، މުޙައްމަދު ޖަވާދު ޔޫސުފްއާއި، ހާމިދު ޔޫސުފް އަދި އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުއެވެ.

އެމްޕީބީއޭއިން ހާމަކުރާ ގޮތުގައި އެޖަމްޢިއްޔާގެ މަޤްޞަދަކީ ފަލަސްޠީނު މުސްލިމު ރައްޔިތުންގެ ހާލަތު ދިވެހިންނަށް ބަޔާންކޮށް ދިނުމާއި، ފަލަސްޠީނު މުސްލިމު ރައްޔިތުންނަށް ވެދެވެންއޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމެވެ.

އަދި ފަލަސްތީނުގެ މައްސަލައާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ދެކޭ ގޮތާއި ނިންމާ ނިންމުންތައް އެޖަމިއްޔާއިން ބައިނަލްއަގްވާމީ ދުނިޔެއަށް ހާމަކުރާނެ ކަމަށާއި ޖަމްޢިއްޔާ ކުރިއަށްގެންދާނީ ފަލަސްތީނުގެ އެމްބަސީއާ ގުޅިގެން ކަމަށް އެމްޕީބީއޭއިން ބުނެއެވެ.

ރޭގެ ޖަލްސާގައި ފަންސާހަކަށް މީހުން އެމްޕީބީއޭގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ.

އެމްޕީބީއޭގެ ހިންގާކޮމިޓީއަށް އިންތިޚާބުވި ބައެއް މެންބަރުން- ފޮޓޯ: އެމްޕީބީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.