ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ "އިޙްޔާ ފޯރަމް-7" ގައި ތަޤްރީރުކުރައްވާނީ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

1431 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ ރެއާއި، ބުރާސްފަތި ދުވަހުގެ ރޭ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ފޯރަމްތަކުގެ ތެރެއިން މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިޙްޔާ ފޯރަމް-7" ގައި ތަޤްރީރުކުރައްވާނީ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ މިރޭ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ "މުޖުތަމަޢު ބިނާކުރުމުގައި ޒަކާތުގެ ދައުރު" މިމައުޟޫއަށެވެ. މިރޭވެސް ފޯރަމްގެ ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާ ޕެނަލްގައި މިރޭ ތިއްބަވާނީ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި، އައްޝައިޚް މުޙައްމަދު ފާރޫޤް އާއި، އައްޝައިޚް އުޘްމާން ޢަބްދުﷲ އަދި އައްޝައިޚް ޢަލީ ޒާހިރު ޢަބްދުލްމަންނާން ކަމަށް ޚަބަރު ލިބެއެވެ.

މިރޭގެ "އިޙްޔާ ފޯރަމް" ވެސް "އެމް.އެން.ބީ.ސީ ވަން" އިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރަމަޟާން މަހުގެ އަގުހުރި ވަގުތުތައް ބޭކާރު ކުޅިވަރާއި، މީޑިއާ އިން ފޮނުވާ ވިޔާނުދާ، ފާޙިޝް ޕްރޮގްރާމްތައް ފަދަ ކަންތައްތަކުގެ ތެރޭގައި ހޭދަކުރުމުގެ ބަދަލުގައި، ތިމާމެންގެ އީމާންކަން ވަރުގަދަވެ، ޘަވާބާއި ދަރުމަ އިތުރުވެގެންދާ މިފަދަ ދީނީ މަޢުލޫމާތު ލިބޭ ޕްރޮގްރާމްތަކަށް ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *