ރާއްޖޭގެ ޚަބަރު 4 އަހަރުގެ ތުއްތު ކުއްޖެއްގެ ކަރުގައި އޮތް ރަންފަށެއް ފޭރިގަތް މައްސަލައެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަގުހެޔޮކޮށް ރަން ގަންނަ އަންހެނަކު ހައްޔަރުކޮށްފި

4 އަހަރުގެ ތުއްތު ކުއްޖެއްގެ ކަރުގައި އޮތް ރަންފަށެއް ފޭރިގަތް މައްސަލައެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަގުހެޔޮކޮށް ރަން ގަންނަ އަންހެނަކު ހައްޔަރުކޮށްފި

4 އަހަރުގެ ތުއްތު ކުއްޖެއްގެ ކަރުގައި އޮތް ރަންފަށެއް ފޭރިގަތް މައްސަލައެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަގުހެޔޮކޮށް ރަން ގަންނަ އަންހެނަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވަހީދާ ސަލީމު ދިރިއުޅޭ ގެއިން ފުލުހުން ހޯދާފައިވާ ބައެއް ގަހަނާ. ފޮޓޯ: މޯލްޑިވުސް ޕޮލިސް ސާވިސް

މިދިޔަ އަންގާރަ ދުވަހު ހަވިރު، 4 އަހަރުގެ ތުއްތު ކުއްޖެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތް ކަމުގެ މައްސަލައެއް ފުވައްމުލަކު ޕޮލިސްސްޓޭޝަނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ ދެ ފިރިހެނުންގެ އިތުރުން ވަގަށް ނަގާފައިހުންނަ ރަން އަގުހެޔޮކޮށް ގަންނަ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާއިއިން ބުނެފައިވަނީ މިމައްސލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ދެ ފިރިހެނުންނަކީ ޏ. ފުވައްމުލައް ދިގުވާނޑު، ފެއާރީ އަޙްމަދު ނަޞްރު (33އ) އާއި  ދިގުވާނޑު، ބާޝާޑު މުޙައްމަދު ޙަލީމް ރުޝްދީ (42އ) އެވެ. އަދި މިމައްސލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އެންހެން މީހާއަކީ ސ.ހިތަދޫ އަޝްރަފްމަންޒިލް ވަޙީދާ ސަލީމް (44އ) ކަމަށެވެ.

ތުއްތު ކުއްޖާގެ ކަރުގައި އޮތް ރަންފަށް ފޭރިގަތް މައްސަލައެއްގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އަޙްމަދު ނަސްރު އާއި މުޙައްމަދު ޙަލީމް ރުޝްދީ ކަމަށާއި އެދެމީހުން ހައްޔަރުކުރުމަށްފަހު، ސުވާލުކުރުމުން ރަންފަށް ފޭރިގަތް ކަމަށް އެދެމީހުން އިޢުތިރާފްވެފައިވާ ކަމަށެވެ.

ވަޙީދާ ސަލީމު ހައްޔަރުކުރީ އަޙްމަދު ނަޞްރު އާއި މުޙައްމަދު ޙަލީމް ފޭރިގަތް ރަންފަށް ވަޙީދާ ސަލީމަށް 300 ރުފިއާއަށް ވިއްކާލާފައިވާ ކަމަށް އެދެމީހުން އިއުތިރާފުވެފއިވުމުން ކަމަށެވެ.   އަދި ވަހީދާ ސަލީމު ހައްޔަރުކޮށް ސުވާލުކުރުމުން އޭނާ އޭނާ އެރަންފަށް ގަތް ކަމަށް އިޢުތިރާފްވުމުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ރަންތަކެއް އެގޭ ބަދިގެ ތެރޭގައި ހުރި އުވަ ޓައްޕެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށް ހޯދާފައިވާ ކަމަށާއި ވަޙީދާ ސަލީމްގެ ގެއިން ފެނުނު ރަންތަކުގެ ތެރޭގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ރަންތައް ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން މަޢުލޫމާތު ދެއެވެ.

ފުލުހުން ބުނީ މިއެންމެންނަކީވެސް މަސްތުވާތަކެތީގެ ރެކޯޑު އޮންނަ ތިން މީހުން ކަމަށާއި އަޙްމަދު ނަޞްރުއަކީ މަސްތުވާތެތީގެ ރެކޯޑުގެ އިތުރުން ފޭރުމުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.