ރާއްޖޭގެ ޚަބަރު ތިމަރަފުށީ ގެއަކުން ގެއްލުނު ގަހަނާތަކަކާއި ކޮމްޕިއުޓަރ ސަމާނުތަކެއް ހޯދައި ބަޔަކު ހައްޔަރުކޮށްފި

ތިމަރަފުށީ ގެއަކުން ގެއްލުނު ގަހަނާތަކަކާއި ކޮމްޕިއުޓަރ ސަމާނުތަކެއް ހޯދައި ބަޔަކު ހައްޔަރުކޮށްފި

ތިމަރަފުށީ ގެއަކުން ގެއްލުނު ގަހަނާތަކަކާއި ކޮމްޕިއުޓަރ ސަމާނުތަކެއް ހޯދައި ބަޔަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތިމަރަފުށީ މުޚާރާގެއިން ގެއްލުނު އެއްޗިހީގެ ތެރެއިން ފުލުހުން ހޯދާފައިވާ ބައެއް ތަކެތި - ފޮޓޯ: ޕޮލިސް

ތިމަރަފުށި، މަޚުމާވިލާއާގެއިން މިމަހުގެ 16 ވަނަ ދުވަހުގެރޭ ގެއްލުނު ގަހަނާތަކަކާއި ކޮމްޕިއުޓަރ ސާމާނުތަކަކާއި ގޭގައި ހިފައިގެންގުޅޭ ބައެއް ސާމާނު ތަކުގެ ތެރެއިން ބައެއް ތަކެތި ހޯދައި، އެމައްސަލައިގައި ފަސް މިހެއްގެ އިތުރުން 18 އަހަރު ނުފުރޭ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ތިމަރަފުށީ ދިލާވަރުގެ މުޙައްމަދު ޔާސިރު (21އ) އާއ ކޮނަންޓާ އިބްރާހިމް ސަޢީދު (23އ) އާއި ޖޭޑް އިސްޙާޤް އަޙްމަދު (22އ) އާއި ތ. ތިމަރަފުށީ ބަށިމާގެ އަޙްމަދު ރިފާޟް (21އ) އާއި ތ. ތިމަރަފުށީ ތަނޑިރަތްމާގެ މުޙައްމަދު ވަޖީޙް (26އ) އެވެ. އެމައްސލައިގައި ހައްޔަރުކުރި 18 އަހަރު ދަށުގެ ކުޑަ ކުއްޖާގެ ނަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މަޢުލޫމާތު ދޭގޮތުގައި މަޚުމަރާގެއިން ގެއްލުނު ތަކެތީގެ ތެރެއިން ފުލުހުން ހޯދި ތަކެތީގެ ތެރޭގައި 2 ރަންފަށާއި، އަތުއަޅާ 4 ރަންކެވެލިކޮޅާއި، ކަންފަތުލާ ރަންޖޯޑަކާއި، އަތުގައަޅާ ރަންތަނޑިއަކާއި، ކޮމްޕިއުޓަރ މޮނިޓަރެއްގެ އިތުރުން ރެމްއަކާއި ސީޑީ ރޮމްއެއް ހިމެނޭކަމަށާއި މިތަކެތީގެ ތެރެއިން ބައެއް ތަކެތި ފުލުހުން ހޯދާފައިވަނީ އެހެން ބަޔަކަށް ވިއްކާ ލާފައި ވަނިކޮށެވެ. އަދި މިހާރު އެހުރިހާ އެއްޗެއް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް  ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމައްސަލަ ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ތަޚްޤީޤު ކުރަމުންދާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.