ރާއްޖޭގެ ޚަބަރު އިޒުރޭލުގެ އެއަރލައިނަށް ހުއްދަނުދިނުމަށް މަޖިލީހުން ޤަރާރެއް ފާސްކޮށްފި

އިޒުރޭލުގެ އެއަރލައިނަށް ހުއްދަނުދިނުމަށް މަޖިލީހުން ޤަރާރެއް ފާސްކޮށްފި

އިޒުރޭލުގެ އެއަރލައިނަށް ހުއްދަނުދިނުމަށް މަޖިލީހުން ޤަރާރެއް ފާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ރައްޔިތުންގެ މަޖިލިސް. ފޮޓޯ: ދިއސްލާމް

އިޒުރޭލުގެ ޤައުމީ އެއަރ ލައިން އެލްއްލްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންދެން އެއެއަރ ލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް އެއްވެސް ހުއްދައެއް ނުދިނުމަށް ދިވެހި ސަރުކާރަށް އަންގައި ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފިއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިޤަރާރު ފާސްކުރީ އެޖަލްސާއަށް ޙާޟީރުވެތިބި 46 މެންބަރުންގެ ތެރެއިން ވޯޓްގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާޤުންނެވެ.

އެދުވަހުގެ ޖަލްސާގައި މިމައްސލައާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބައެއް މެންބަރުން ވަނީ އިޒުރޭލުގެ އަނިޔާވެރިކަމާއި ބެހޭ ގޮތުން ސުވާލެއްވެސް ނުއުފެދޭ ކަމަށް ވިދާޅުވެފައެވެ. ބައެއް މެންބަރުން ވިދާޅުވީ އިޒުރޭލާއި އެކު އެއްވެސް މުޢާމަލާތެއް ކޮށްގެން ނުވާނެ ކމަށާއި އެކަމަކީ ރައްޔިތުން އެދޭ ކަމެއް ނޫންކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.