ކުރީ އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުގައި ވެސް އިމާމްވެ ތަރާވީހް ނަމާދު ކުރައްވާނެ ޙާފިޒުން ގެނައުމަށް ނިންމާފައިވާ ކަމަށް ޢަދާލަތު ޕާޓީއިން ބުނެފިއެވެ.
2009 ވަނަ އަހަރުން ފެށިގެން ޢަދާލަތު ޕާޓީއިން ވަނީ ރަމްޟާންމަހު އަތޮޅުތެރޭގެ ރަށްރަށަށް އިމާމުވެ ތަރާވިސް ކުރުމަށް ހާފިޒުން ފޮނުވާފައެވެ. ޢަދަލަތު ޕާޓީއިން ބުނެފައިވަނީ މިއަހަރުވެސް އެކަމަށް އެދޭފަރާތްތަކުން ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދޭފަރާތް ތަކުން ސިޓީއަކުން އެކަން އެންގުމަށް އެދޭކަމަށެވެ.
ޢދާލަތު ޕާޓީއިން ހާމަކުރެއްވިގޮތުގައި މިކަމަށް ބޮޑެތި ހޭދަ ތަކެއް ހިނގާ ކމަށާއި އިމާމުން ގެނައުމުގެ ކަންތައްތަކާއި އިމާމުންނަށް ދޭންޖެހޭ އެލެވެންސްތަކާއި އެހެނިހެން ޚަރަދުތަކަށްވެސް ބޮޑެތި ޚަރަދުތަކެއް ހިގާ ކަމަކަށްވުމުން އެކަމަށް އެދޭ ފަރާތްތަކުން 1350 ޑޮލަރު ނުވަތަ އެއަދަށްވާވަރަށް ފައިސާ ދައްކަވަންޖެހޭނެ ކަމަށާއި، މިގެންނަ އިމާމުންނަކީ ރަގަޅު ފެންވަރުގެ ރީތިކޮށް ކިޔަވާ އިމާމުން ކަމަށް ޢަދާލަތު ޕާޓީގެ އޮފިޝަލެއް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...