ދީންސުވާލާއި ޖަވާބު

މަންމަގެ ނުވަތަ ބައްޕަގެ ފަރުވާ އަށް ޓަކައި ގުނަވަނެއް ހަދިޔާ ކުރެވިދާނެތޯ؟

ސުވާލު:

މަންމަގެ ނުވަތަ ބައްޕަގެ ފަރުވާ އަށް ޓަކައި ގުނަވަނެއް ހަދިޔާ ކުރެވިދާނެތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ގުނަވަންތައް ހަދިޔާކުރުން، ނުވަތަ ނަޤުލުކުރުމުގެ ޙުކުމުގައި ދަރަޖަތަކެއްވެއެވެ. އެއީ އެގުވަނަކާއެކު އިންސާނާގެ ދިރިހުރުން ލެއްވިގެންވާ ގުނަވަންތަކާއި، އެގުވަނެއް ވަކިކުރެވުނަސް އިންސާނާގެ ފުރާނައަށް ގެއްލުމެއް ލިބުމެއްނުވާ ގުނަވަންތަކެވެ. މިސާލަކަށް ހިތާއި، މެޔާ،މިފަދަ ގުވަނަވަނަކާއެކު އިންސާނާގެ ފުރާނައާއި، ދިރިހުރުން ލެއްވިގެންވާ ގުނަވަނެއް ހަދިޔާކުރުމަކީ، ނުވަތަ ނަޤުލު ކުރުމަކީ ދަންނަބޭކަލުންގެ އިޖުމާޢުގައި ހުއްދަކަމެއްނޫނެވެ. އެއީ އެގުނަވަނެއް ހަށިގަނޑުން ވަކިކުރުމަކީ ފުރާނައެއް ދުއްވާލުންކަމަށްވީތީއެވެ. ނަމަވެސް އެގުނަވަނެއް ހަށިގަނޑާ ވަކިކުރެވުނަސް އިންސާނާގެ ފުރާނައަށް ގެއްލުމެއް ލިބުމެއް ނުވާ ގުނަވަނެއްނަމަ، މިސާލަކަށް، [ކިޑްނީ] ފަދަ ގުނަވަނެއް ނަގުލު ކުރުމާއިމެދު މިޒަމާނުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. މިޚިލާފު ބިނާވެގެންވަނީ ދެރައުޔެއްގެ މައްޗަށެވެ. ފުރަތަމަ ރައުޔަކީ، އާދަމުގެ ދަރިޔާގެ އެއްވެސް ގުނަވަނެއް ނަގުލު ކުރުމަކީ ހުއްދަކަމެއްނޫނެވެ. ދެވަނަ ރައުޔަކީ އާދަމުގެ ދަރީންގެ މިފަދަ ގުނަވަން ނަގުލު ކުރެވިދާނެއެވެ.  އިސްލާމީ ދުނިޔޭގެ ވަރަށް ގިނަ ފިޤްހީ މަޖްލިސްތަކުންނާއި، ނަދުވާތަކުންވަނީ އެގުނަވަނެއް ނަގުލުކުރުމުގެ ސަބަބުން އިންސާނާގެ ފުރާނައަށް ގެއްލުމެއްލިބުމެއްނުވާ ގުނަވަނެއްނަމަ، އެގުނަވަނެއް ނަގުލުކުރުމަކީ ހުއްދަކަމެއްކަމުގައި ހާމަކޮށްފައެވެ. މިގޮތުން މެލޭޝިޔާގައި އޮތް އިންޓަރނޭޝަނަލް އިސްލާމިކް ކޮންފަރެންސުންނާއި، މަޖްމަޢުލްފިޤްހިލްއިސްލާމީގެ ފަތުވާ ނަމްބަރ 2117 ގައްޔާއި،އަދި ސަޢުދީ ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ފަތުވާގައްޔާއި، ޖޯޑަންއާއި، ކުވައިތާއި، މިޞްރާއި، އަލްޖަޒާއިރު ފަދަ އިސްލާމީ ބޮޑެތި ޤައުމުތަކުގެ ފިޤްހީ މަޖްލިސްތަކުން ވަނީ މިކަން ހުއްދަކުރައްވައި، ފަތުވާ ނެރުއްވާފައެވެ. މިއީ ފަހުގެ ވަރަށް ގިނަ ޢިލްމުވެރިންނާއި، ދިރާސާކުރައްވާ ބޭފުޅުންގެ ރައުޔެވެ.والله أعلم

 

 

ގުޅުންހުރި

1 ޚިޔާލު

  1. ޢަޅުގަނޑުގެ ސުވާލަކީ/އަޅުވަނީ ބޭންކުން ލޯނޮއެއްނަގާފައެވެ. މިލޯންއަކީ އިންޓަރެސްޓާ އެކުލިބިފަ ވާ ލޯންއެކެވެ.ދެން އަޅުގަނޑު މިކަމުން ސަލާމަތް ވާނީ ކިހިނަކުން ތޯ އެވެ؟

Your email address will not be published. Required fields are marked *

More in ދީން