ރާއްޖޭގެ ޚަބަރު މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ “އިޙްޔާ ފޯރަމް-6″ ގައި ތަޤްރީރުކުރައްވާނީ ޑރ. މުޙައްމަދު ޢަލީ

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ “އިޙްޔާ ފޯރަމް-6″ ގައި ތަޤްރީރުކުރައްވާނީ ޑރ. މުޙައްމަދު ޢަލީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހަސަން ޝިޔާޒް

1431 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ ރެއާއި، ބުރާސްފަތި ދުވަހުގެ ރޭ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ފޯރަމްތަކުގެ ތެރެއިން މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިޙްޔާ ފޯރަމް-6" ގައި ތަޤްރީރުކުރައްވާނީ ޑރ. މުޙައްމަދު ޢަލީ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ މިރޭ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ "އަޅުގަނޑުމެންގެ މުސްތަޤުބަލަށްޓަކައި އިސްލާމްދީން" މިމައުޟޫއަށެވެ. ހަބަރު ލިބޭގޮތުގައި މިމައުލޫގައި ޑރ. މުޙައްމަދު ޢަލީ ސައިންޓިފިކް ގޮތުން އަލިއަޅުވާލާނެއެވެ.

މިރޭވެސް ފޯރަމްގެ ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާ ޕެނަލްގައި މިރޭ ތިއްބަވާނީ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި، ޑރ. މުޙައްމަދު ޢަލީ އާއި، ޑރ. މަޢުރޫފް ޙުސައިން އަދި އައްޝައިޚް ޢަލީ ޒާހިރު ބިން ޢަބްދުލް މަންނާން ކަމަށް ޚަބަރު ލިބެއެވެ.

މިރޭގެ "އިޙްޔާ ފޯރަމް" ވެސް "އެމް.އެން.ބީ.ސީ ވަން" އިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.