ރާއްޖޭގެ ޚަބަރު ޢިލްމުވެރިއަކުވެސް ތިމާއަށްވުރެ މޮޅު މީހަކު ނުހުންނާނެކަމަށް ވިސްނައިގެން ނުވާނެ : ޝައިޚް މުޙައްމަދު އިބްރާހިމް

ޢިލްމުވެރިއަކުވެސް ތިމާއަށްވުރެ މޮޅު މީހަކު ނުހުންނާނެކަމަށް ވިސްނައިގެން ނުވާނެ : ޝައިޚް މުޙައްމަދު އިބްރާހިމް

ޢިލްމުވެރިއަކުވެސް ތިމާއަށްވުރެ މޮޅު މީހަކު ނުހުންނާނެކަމަށް ވިސްނައިގެން ނުވާނެ : ޝައިޚް މުޙައްމަދު އިބްރާހިމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިމައިންޑަރ ޕްރޮގްރާމްގެ ތެރެއިން

ޢިލްމުވެރިކުވެސް ތިމާއަށްވުރެ މޮޅު މީހަކު ނުހުންނާނެކަމަށް ވިސްނައިގެން ނުވާނެ  ކަމަށް ޝައިޚް މުހައްމަދު އިބްރާހިމް (ނައިފަރީ) ވިދާޅުވެއްޖެއެވެ.

ޝެއިޚް މުހައްމަދު އިބްރާހިމް މިހެން ވިދާޅުވީ ދާދިފަހުން އިންޓަނެޓްގެ ޒަރީއާއިން ޒުވާނުންކޮޅެއް ގެނެސްދޭންފެށި "ރިމައިންޑާރ" ގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.

"ކޮންމެ ދަންނަ މީހެއްގެ މައްޗަށް އަދި އެއަށްވުރެ މޮޅު މީހަކު ހުންނާނެ. އެހެންކަމުން އެއްވެސް މީހަކު ވިސްނައިގެން ނުވާނެ ތިމަންނަ އަކީ އެންމެ މޮޅު މީހެކޭ. ތިމަންނަ އަށް ހުރިހާއެއްޗެއް އެނގިއްޖެއޭ. އޭނައަށްވުރެ މޮޅެތި މީހުންވެސް ތިބޭނެ. އަދި ޢިލްމުވެރިއަކުވެސް އެގޮތަށް ވިސްނައިގެން ނުވާނެ ތިމަންނައަށްވުރެ ދެން މޮޅު މީހަކު ނުހުންނާނެއޭ." ޝައިޚް ވިދާޅުވިއެވެ.

އަދި ކީރިތި ޤުރުއާނުގެ އާޔަތަކާ ހަވާލާދީ ޝެއިޚް ވިދާޅުވީ "ކޮންމެ ދަންނަ މީހެއްގެ މައްޗަށް އަދި އެއަށްވުރެ ދަންނަ މީހަކު ހުންނާނޭ. އެގޮތަށް ޢިލްމު އިންތިހާވެގެންދާނީ... ނިމިގެން ދާނީ ﷲ ސުބުހާނަހޫ ވަތަޢާލާއަށް" ކަމަށެވެ.

"ރިމައންޑަރ" ސީރީސްގެ ފުރަތަމަ އެޕިސޯޑުގައި ޝައިޚް ވަނީ މިފަދަ އެތައް ވާހަކަތަކަކަށް އަލިއަޅުވާލާފައެވެ.
މިސީރީޒްގެ ފުރަތަމަ އެޕިސޯޑް ނެރެފައިވަނީ މިމަހު 1 ވަނަ ދުވަހުގައެވެ. "ރިމައިންޑަރ" ސީރީޒްގެ ޕްރޮޑަކްޝަން ޓީމުން ނިންމާފައިވަނީ މަހަކު 2 ވީޑިއޯ އެޕިސޯޑް ނެރޭގޮތަށެވެ. އެހަނަސް އިތުރު ވީޑިއޯ ނުކުތުމަކީ އެކަށީގެންވާ ކަމެއްކަމަށް އެފަރާތުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.