ޔޫރަޕު ޤަތަރުގެ މުފްތީ ފްރާންސަށް އަރުވަން ބޭނުން ނުވާކަމަށް ފްރާންސްގެ ރައީސް ބުނެފި

ޤަތަރުގެ މުފްތީ ފްރާންސަށް އަރުވަން ބޭނުން ނުވާކަމަށް ފްރާންސްގެ ރައީސް ބުނެފި

ޤަތަރުގެ މުފްތީ ފްރާންސަށް އަރުވަން ބޭނުން ނުވާކަމަށް ފްރާންސްގެ ރައީސް ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިސްރަށް އުފަން އައްޝައިޚް ޔޫސުފުލް ޤަރްޟާވީ

ޤަތަރުގެ މުފްތީ ފްރާންސަށް އަރުވަން ބޭނުން ނުވާކަމަށް ފްރާންސްގެ ރައީސް ބުނެފި އެވެ.

ޤަތަރުގެ މުފްތީ އައްޝައިޚް ޔޫސުފުލް ޤަރްޟާވީ  ފްރާންސަށް އަރުވަން ބޭނުން ނުވާކަމަށް ސަރުކޯޒީ ބުނެފައިވަނީ ޤަތަރުގެ މުފްތީ އައްޝައިޚް ޔޫސުފުލް ޤަރްޟާވީ  އަކީ 'ހައްދުފަހަނަ އަޅާފައިވާ" މީހެއްކަމަށް ބުނެއެވެ. ފްރާންސްގެ އިސްލާމީ ޖަމާޢަތަކުން އެޤައުމަށް ޒިޔާރަތްކުރުމަށް ދަޢުވަތު ދީފައިވާ ޤަތަރުގެ މުފްތީ އައްޝައިޚް ޔޫސުފުލް ޤަރްޟާވީ ފްރާންސަށް ނާރުވާނެކަމަށް ސަރުކޯޒީ ބުނެފައިވާއިރު ފްރާންސްގެ މުސްލިމުން ދަނީ އެކަމަށް ނުރުހުން ފާޅުކުރަމުންނެވެ.

ބައެއް މީޑިއާތަކުގައ ހާމަކޮށްފައިވާގޮތުގައި އަންނަ މަހު ފްރާންސަށް ވަޑައިގަންނަން ހަމަޖެހިފައިވާ ޤަތަރުގެ މުފްތީ އައްޝައިޚް ޔޫސުފުލް ޤަރްޟާވީ  ފްރާންސަށް ނާރުވާނެކަމަށާއި އެޝެއިޚްއަކީ ހަރުކަށި މެސެޖް ދޭ ހައްދު ފަހަނަ އަޅާފައިވާ ޝެއިޚެއްކަމަށް ފްރާންސްގެ ރައީސް ސަރުކޯޒީ ބުނެފައިވާކަމަށެވެ.

ފްރާންސްގެ ރައީސް ސަރުކޯޒީ އަކީ ފާޅުގައި އިސްލާމް ދީނުގެ ކަންކަމަށް ޖޯގު ޖަހާ ރައީސްއެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.