
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް މަޖިލީހުގެ ޖަލްސާއެއްގައި – ފޮޓޯ : މަޖިލީހުގެ އިދާރާ
ގުޅޭ :
އިސްލާމްދީނަށްވުރެ ޕާޓީ ފިކުރު ކުރިއަށް ނުނެރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އިލްތިމާސްކުރައްވައިފިއެވެ.
މަޚްލޫފް ވިދާޅުވީ އިސްލާމްދީނަށްވުރެ އެއްވެސް ސިޔާސީ ޕާޓީއެއްގެ ފިކުރު ވަރުގަދަރެވިގެން ނުވާނެކަމަށާއި އެކަން ރައްޔިތުން ބަލައިގަނެގެންވެސް ނުވާނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކުވެސް އުޅެންޖެހޭނީ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ މީހުންނާއެކުގައި ކަމަށް މަޚްލޫފް ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ ޢަދާލަތުގެ ޕާޓީގައި ތިއްބެވި ޝައިޚުންގެ ފަހަތުގައި ނަމާދުނުކުރަން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގޮވާލާފައިވާ ކަމަށާއި އެގޮވާލުމަށް އެއްވެސް ބަޔަކު އިޖާބަދީ ޝައިޚުންގެ ފަހަތުގައި ނަމާދުނުކުރާނަމަ އެއޮތީ އިސްލާމް ދީނަށްވުރެ ޕާޓީގެ ފިކުރު މަތިކުރެވިފައި ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް މަޚްލޫފް ވިދާޅުވިއެވެ.
ހަކުރުބޯ ކުދިންނަށް ގަންޖާ ދޭން ފެންނަ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ އޯޑިއޯއަކަށް އިޝާރާތްކުރައްވަމުން މަޚްލޫފް ވިދާޅުވީ ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކުރެވުނީމާ އެކަމުން އެމީހަކު ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމުގެ ބަދަލުގައި ހަމައެފަދަ އެހެން ކުށެއް ކުރުމަށް ވިދާޅުވުމަކީ އިސްލާމްދީނަށްވުރެ މަތިން ނަޝީދު ނެރުއްވާފައިވާ ފިކުރެއް ކަމަށެވެ.
މިއީ ހުރިހާ ރައްޔިތުންވެސް ވަރަށް ފުންކޮށް ވިސްނަންޖެހޭ ޤައުމީ ބޮޑު މައްސަލައެއް ކަމަށް މަޚްލޫފް ވިދާޅުވިއެވެ.
އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދިޔަ "އިންސާފުގެ ދަތުރު"ގެ އެއްވުމެއްގައި މިދިޔަ ފެބްރުއަރީ މަހު ވާހަކަދައްކަމުން ރީކޯ މޫސަ ވަނީ، ޝައިޚް އިލްޔާސް ޙުސައިން މިސްކިތަކަށް އަރައިފިއްޔާ އެންމެންވެސް ފައިބައިގެންދާން ގޮވާލާފައެވެ. އަދި ޝައިޚް އިލްޔާސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ތަޤްރީރުދެއްވަން ނޫޅުއްވުމަށް ރީކޯ މޫސަ ވަނީ ޝައިޚް އިލްޔާސަށް އިންޒާރުދީފައެވެ.
ފަހަކަށްއައިސް ދީނީ އިލްމުވެރިންގެ އަގު ވައްޓާލާއި ފިކުރީ ގޮތުން މުސްލިމުންގެ އަޤީދާ ބަލިކަށިކޮށްލުމަށްޓަކައި އެކި ފަރާތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...