ލިޔުނީ: ޒާކިރު މުހައްމަދު ލުތުފީ
ޝޯޝަލް ނެޓްވޯރްކްއޭބުނެފިއްޔާ ހިތަށް އެންމެ އަވަހަށް ވަންނާނީ މިހާރުގެ ނަމުން ނަމަ އެފް ބީ ކުރިން ނަމަ ފޭސް ބުކްއެވެ. އަދި މިހާރުގެ އޮއިވަރުގެ ތެރޭން މި ބޮޅަށް 300 މިލިޔަން މީހުންބޭނުންބޭނުން ކުރާ ޓްވިޓާރްވެސް އިތުރުކުރެވިދާނެއެވެ. މީ ހަމަ ގައިމުން ވެސް ދިވެހިންގެ ތެރޭ ވަރަށް ހިންގާ ދެ ޝޯޝަލް ނެޓްވޯރްކްއެވެ. ގައުމުގެ ވާހަކައިން ފެށިގެން ގޮސް ދެމެފިރިންގެ ވާހަކައަށް އިންސާފް ކުރަން މިވަރުގެ ތަނެއް ނެތޭވެސް ބުނުން ދޮގަކައްނުވާނެއެވެ. ދައްކަން ބޭނުންވަނީ ފޭސްބުކް އަދި ޓްވިޓާރްގެ ވާހަކަ އެއް ވެސް ނޫނެވެ.
ޝޯޝަލް ނެޓްވޯރްކްތަށް ބޭނުން ކުރާ ފަރާތްތަކަށް ހާސަކުރެވިފައިވާ ބްރައުސާރްއެއް، ހާސަކޮށް ފޭސްބުކް އަދި ޓުވިޓާރް ބޭނުން ކުރާފަރާތް ތަކަށް ހާސަ ކުރެވިފައިވާ ބްރައުޒާރްއެކެވެ. މިބްރައުސާރް އަކީ ގޫގަލް ކްރޯމްގެ ކޯޑިން ތައްބޭނުން ކުރެވިގެން ނަމަވެސް ބަދަލުތަށްގެނެވިގެން 2010 ގެ ނޮވެމްބަރ މަހުތެރޭ ބްރައުސާރް ގެ ހަގުރާމައިގެ ތެރެއަށް ނެރެވުނު އެންމެ ތަފާތު އެއް ބްރައުސާރްއެވެ. ޕޭޖް ރެންޓާރްކުރުމާއި ހަލުވިކަމަކީ ކްރޯމްގެ ކޯޑިން ތަކަށްގެނެވުނު ބަދަލާއި ބްރައުޒާރްގެ ޖާވާއިންޖީން އަށް ގެނެވުނު ބޮޑެތި ބަދަލު ތަކުގެ ސިއްރެވެ. ގޫގަލް ކްރޯމް އަށް ވުރެއް ދިހަގުނަ ހަލުވި ކަމާއެކު ބްރައުޒާރްގައި ހިމަނާފައިވާ ޝޯޝަލް ނެޓްވޯރްކް ޕްލަގް އިންތަކަކީ މީގެ ކުރިން އެއްވެސް ބަޔަކު ނުދެކޭހާ ކިއްސަރަށް ހަދައިފައިވާ ޕްލަގްއިންތަކެކެވެ. ބްރައުޒާރްގެ ވާތު އަރި މަތީގައި ގާއިމް ކުރެވިފައިވާ ޕެނެލް އިން ފޭސްބުކް ގައި އޮންލައިން ވެގެން ތިބިމީހުންނާ ޗެޓް ކުރެވޭއިރު އެއްވެސް ބުރަ އެރުމެށް ނެތި އެހެން ވެބްސައިޓެއް ބުރައުޒް ކުރަމުން ޗެޓް ކޮއްލެވޭކަމަކީ ހަމަ ނުލާހިކު ފަސޭހައެކެވެ. އަދި ފޭސް ބުކްއަށް ނުވަތަ ޓުވިޓާރް އަށް ލިންކެއް ޝެޔާކުރަންބޭނުން ވެއްޖެހާލަތުގައި އެކަން ވެސް އެހާމެ ފަސޭހައެވެ. ވާތު އަރިމަތިން އޮންލައިންގަ ތިބޭމީހުންފެންނައިރު ކަނާތު އަރިމަތީގައި ތިމާ އެންމެ ބޭނުން ވާ ޝޯޝަލް ނެޓްވޯކްރްކް ތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތަށް ފެންނަށް ހުންނައިރު ޔޫ އާރް އެލް ބާރް ގައި ފެސްބުކް ނުވަތަ ޓްވިޓާރްގެ ރައްޓެއްސެއްގެ ނަންޖެހުމުން އޭނަގެ އެންމެ ފަހުގެ އަޕްޑޭޓްއާދެއެވެ.
މި ބްރައުޒާރް އަކީ ހަމަ ގައިމުންވެސް ފޭސްބުކް ނުވަތަ ޓްވިޓާރް ބޭނުން ކުރާ ފަރާތްދަށް ކަމުދާނެ އެއްޗެކެވެ. ހިތްކައިމު އެތަށް ފީޗާރް އެކުލެވިފައިވާ މި ބްރައުޒާރް އަކީ އޯޕެން ސޯސް ސޮފްޓް ވެއާރ އެއްކަމުން ހިލޭ ޑައުންލޯޑް ކުރެވި ޑިވްލެޕަރުންނަށް އެމީހުންގެ ބޭނުންތަކާ އެއްވަރަށް ބަދަލު ގެނެވުމުގެ އިހްތިޔާރު ދެވިފަވާ ހަލުވި، ފަސޭހަ ބްރައުޒާ އެކެވެ. އެބްރައުޒާ އަށް ކިޔަނީ "ރޮކްމެލްޓް"އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...