ރާއްޖޭގެ ޚަބަރު މިރޭ ބާއްވާ އިހްޔާ ޕްރޮގްރާމްގެ މައުޟޫއަކީ 'އިސްލާމީ އަޚުވަތްތެރިކަން'

މިރޭ ބާއްވާ އިހްޔާ ޕްރޮގްރާމްގެ މައުޟޫއަކީ 'އިސްލާމީ އަޚުވަތްތެރިކަން'

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

މިރޭ ބާއްވާ އިހްޔާ ޕްރޮގްރާމްގެ މައުޟޫއަކީ 'އިސްލާމީ އަޚުވަތްތެރިކަން' ކަން ކަމުގައި އިސްލާމިކް އެފެއާޒް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ރަމަޟާން މަސް އިހްޔާކުރުމުގެ ގޮތުން މިއަހަރު ބާއްވާ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވާނީ އައްޝެއިހު މުހައްމަދު ދީދީ ކަމަށާއި މިރޭގެ ޖަލްސާވެސް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި 9.30 ގައި ކަމަށެވެ.

މިރޭގެ ޖަލްސާގައިވެސް ހާޒިރީންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ. ޖަވާބުދޭ ޕެނަލްގައި ތިއްބަވާނީ އައްޝައިހް މުހައްމަދު ދީދީ އާއި ޑރ އަބްދުލް މަޖީދު އަބްދުލްބާރީ އާއި އައްޝެއިހް މުހައްމަދު ޝަހީމު އަލީ ސައީދު އަދި އަލީ ޒާހިރު އަބްދުލް މަންނާނުއެވެ.

މިރޭގެ ޖަލްސާ އެމްއެންބީސީ 1 އިން ލައިވްކޮށް ދައްކާނެއެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.