ޕަލަސްތީނުގެ މީހުން ހައްޔަރުކޮށް އިޒްރޭލު ސިފައިން ނަގާފައިވާ ލާއިންސާނީ ފޮޓޯތަކެއް ފޭސްބުކްގައި އާންމުކޮށްފިއެވެ.
އިޒްރޭލުގެ ސިފައިންގެ ތެރޭގައި ކުރީގައި މަސައްކަތްކޮށްފައިވާ ސިފައިން އެމީހުގެ ސިފައިންގެ ދުވަސްވަރު ނަގާފައިވާ ފޮޓޯކުގެ ތެރެއިން ފަލަސްތީނުގެ މީހުން ހައްޔަރުކޮށް އެކި ގޮތްގޮތައް ނަގާފައިވާ ފޮޓޯތަކެއް ވަނީ ދާދިފަހުން ފޭސްބުކްއަށް އަޕްލޯޑްކޮށްފައެވެ. ފުރަތަމަ އަޕްލޯޑް ކޮށްފައިވަނީ އިޒްރޭލުގެ ސިފައިންގެ އަންހެނަކު ފަލަސްތީނުގެ ދެމީހެއްގެ ކައިރީ މަޖާނަގާ މަންޒަރެވެ. އެފޮޓޯގައިވަނީ ފަލަސްތީނުގެ ދެމީހަކު ލޮލުގައި ފޮތިއަޅާ ބައިންދާފައި ކައިރީ ހުރެގެން ނަގާފައިވާ ފޮޓޯއެކެވެ.
ލާއިންސާނީ އަމަލުތައް އިޒްރޭލުގެ ސިފައިން ހިންގާ ކަމަށް ގިނަ ބަޔަކު ދައްކާކަމުގައިވިޔަސް އިޒްރޭލުން ދަނީ އެކަން ދޮގު ކުރަމުންނެވެ. އެހެނަސް މިހާރު ފޭސްބުކްއަށް އިޒްރޭލު ސިފައިން އަމިއްލައަށް އަޕްލޯޑް ކުރާ ފޮޓޯތަކުން އިޒްރޭލުގެ ސިފައިންގެ ތެރޭގައި ހައްޔަރުކުރެވޭ މީހުންނަށް ކަމެނުހިތާކަން ވަނީ ހާމަވެފައެވެ. ކުރީގައި ސިފައިންގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ބައެއް ސިފައިން މިފަދަ ފޮޓޯތައް އަޅާފައި ކޮމެންޓްގެ ސިފައިގައި ބުނެފައިވަނީ “އިޒްރޭލުގެ ސިފައިންގެ ތެރޭގައި މަސައްކަތް ނުކުރިނަމައޭ” ހިތައް އަރާ ކަމަށެވެ.
ފޭސްބުކްއަށް އަޕްލޯޑްކޮށްފައިވާ ބައެއް ފޮޓޯތަކުގެ ތެރޭގައި ޒަހަމްވެފައިވާ ފަލަސްތީނުގެ މީހެއް ކައިރީ ރައިފަލްއެއް ހިފަހައްޓައިގެން އިޒްރޭލުގެ ސިފައިންގެ މީހަކު ހުރިތަން ފެނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...