އަރަބިދުނިޔެ ސީރިޔާ އާއި ދެކޮޅަށް ހުށައެޅި ޤަރާރު ޢާންމު މަޖިލީހުގައި ފާސް ވެއްޖެ.

ސީރިޔާ އާއި ދެކޮޅަށް ހުށައެޅި ޤަރާރު ޢާންމު މަޖިލީހުގައި ފާސް ވެއްޖެ.

ސީރިޔާ އާއި ދެކޮޅަށް ހުށައެޅި ޤަރާރު ޢާންމު މަޖިލީހުގައި ފާސް ވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު އިސްތިއުފާދިނުމަށް  ޢަރަބި ލީގުން ގޮވާލާފައިވާ ޤަރާރެއް، 193ޤައުމު ހިމެނޭ އދ.ގެ ޢާންމު މަޖިލީހުން އިއްޔެ ޤަބޫލުކޮށްފިއެވެ.

ފެބްރުއަރީ4 ގައި ރަޝިޔާ އާއި ޗައިނާއިން ސަލާމަތީ މަޖިލީހުގައި ވީޓޯކުރި ޤަރާރާއި ދާދި އެއްކަހަލަ މިޤަރާރު ފާސްކުރުމަށް 137 ޤައުމަކުން ވޯޓުލާފައިވާއިރު، ޤަރާރާއި ދެކޮޅަށް 12 ޤައުމަކުން ވަނީ ވޯޓުލާފައެވެ. އަދި 17ޤައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓުނުލާފައެވެ. މީގެ އިތުރުން ތިން ޤައުމެއްގެ ވޯޓު އިލެކްޓްރޯނިކް ބޯޑުގައި ރަޖިސްޓްރީކުރެވފައި ނުވާކަމަށް ވެސް ތިން ޤައުމަކުން ވަނީ ބުނެފައެވެ.

ޢަރަބި ޤައުމުތަކުގެ ފަރާތުން ސައުދީ ޢަރަބިއްޔާ އިން ޑްރާފްޓްކޮށް ހުށައަޅާފައިވާ މިޤަރާރާއި ދެކޮޅަށް ވޯޓުދިން ޤައުމުތަކުގެ ތެރޭގައި ރަޝިޔާ އާއި ޗައިނާ ހިމެނެއެވެ.

“މިއަދު ޢާންމު މަޖިލީހުން މިވަނީ ސީރިޔާގެ ރައްޔިތުންނަށް ސާފު މެސެޖެއް ފޯރުކޮށްދީފައި._މުޅި ދުނިޔެ ވަނީ ސީރިޔާ އާއި އެކު.” އެމެރިކާއިން އދ.އަށް ކަނޑައަޅާފައި ހުންނަ ސަފީރު ސޫޒަން ރައިސް ވިދާޅުވެފައިވެއެވެ.

ޓެގް

ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.