މިމަހުގެ ހަތްވަނަ ދުވަހު ކުރީގެ ރައީސް ނަޝީދު، ރައީސްކަމުން އިސްތިޢުފާ ދެއްވުމުގެ ކުރިން އެމާބެހޭގޮތުން އެމްޑީޕީގެ ރައީސާ އެކަމާ މަޝްވަރާ ކުރައްވާފައިނުވާކަމަށް އެމްޑީޕީގެ ރައީސް، އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ. އިބްރާހީމްދީދީ ވިދާޅުވެއްޖެއެވެ.
ރޭ އަށްޑޫގައި ހުންނަވައިގެން ދިއިސްލާމަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ދީދީ ވިދާޅުވީ ރައީސް ނަޝީދު އިސްތިޢުފާދެއްވުމުގެ ކުރިން އެވާހަކަ އެމަނިކުފާނާ ޙިއްސާކުރައްވާފައިނުވާކަމަށާ އެމަނިކުފާނަށް ރަސްމީކޮށް އެކަން އެނގިވަޑައިގަތީ އެދުވަހު ރައީސް އޮފީހަށް ވަޑައިގެންނެވި ފަހުންކަމަށެވެ. އަދި ރައީސް އޮފީހަށް ވަޑައިގެންނެވެމަށް ތައްޔާރުވެ ވަޑައިގެންނެވި އިރު މީޑިޔާގައި ރައީސްނަޝީދު އިސްތިޢުފާދެއްވަން ނިންމެވިކަމުގެ ޚަބަރު ފެތުރިފައިވާކަމަށެވެ.
އަދި ރައީސްކަމުން ނަޝީދު އިސްތިޢުފާ ދެއްވުމުގެ ކުރިން އެވާހަކަ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ޢަބްދުﷲ ޔާމީން އަރިހުގައި ވިދާޅުވެފައިވާކަމަށާ އެވާހަކަ ވިދާޅުވީ އެވަގުތު ރާއްޖޭގެ މަޝްރަޙަށް ދިމާވެފައިވާ ކަންތަކާބެހޭގޮތުން އިންޑިޔާގެ ހައިކޮމިޝަނަރާއެކު މަޝްވަރާކުރައްވަން އިންނަވަނިކޮށްކަމަށާ އަދި ނަޝީދު ޔާމީނުއާ ވާހަކަދެއްކެވީ އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމްދީދީގެ ފޯނުންކަމަށް ޔާމީން ވިދާޅުވެފައިވާތީ އެކަމާބެހޭގޮތުން ދިއިސްލާމުން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ޑރ. ދީދީ ވިދާޅުވީ އެއީ ތެދެއްކަމަށާ އެވަގުތު ޑރ. ދީދީގެ ފޯނުން ޔާމީނުއާ ރައީސް ނަޝީދު ވާހަކަފުޅުދެއްކެވިކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...