މޯލްޑިވްސް ސޮސައިޓީ ފޯރ އިސްލާމިކް ރިސާޗްގެ ފަރާތުން އިންތިޒާމްކޮށްގެން މިރޭ ބާއްވާ އައްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސް ޓީވީއެމްއިން ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޖަމްޢިއްޔާއިން ބުނެފިއެވެ.
މިދަރުސް އޮންނާނީ ފެބްރުއަރީ 14، މިރޭ 20:45 ގައި އަލިމަސް ކާނިވާ ސްޓޭޖުގައެވެ. ޝައިޚް އިލްޔާސް ދަރުސް ދެއްވާނީ "ދީނަކީ ކޮބާ؟" މިމައުޟޫއަށެވެ.
މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންނެވުމަށް އިސްލާމިކް ރިސާޗުން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...