ރާއްޖޭގެ ޚަބަރު “މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް” – އިސްލާމިކް މިނިސްޓްރީ

“މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް” – އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

“މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް” ކަމަށް އިސްލާމިކް މިނިސްޓްރީ އިން ދާދި ދެންމެއަކު އިއުލާންކޮށްފިއެވެ.

ދާދި ދެންމެއަކު އިސްލާމީ މަރުކަޒުގައި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ބަޔާނުގައި ” ރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވި ނަމަވެސް ބައެއް އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާ ކަމުގެ ރަސްމީ މައުލޫމާތު ލިބިފައިވާތީ މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ހަމަޖެއްސެވީ” ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ބަޔާން އިއްވަވާ ދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ ޝައިޚު ޝަހީމް އަލީ ސައީދުއެވެ.

ޓެގް

ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.