00:31 ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ކައިރީގައި މުޒާހަރާކުރަމުންދާ ކަމަށް "ރާއްޖެ ޓީވީ" އިން ފަތުރާފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ވިދާޅުވެއްޖެ.
00:25 ވިލިމާލޭ އަމާންކަމަށް އެއަވަށުގައި ހުރި ދިއިސްލާމްގެ ނޫސްވެރިޔާ ބުނޭ.
00:11 އޭޑީކޭ ކައިރިން ދެ ފުލުހެއް ގަޔަށް ވަޅި ހަރައިފި. އޭގެ ތެރެއިން އެކަކީ މެމްބަރު ރިޔާޒް ރަޝީދުގެ ބޮޑީގާޑް ކަމަށްވޭ. (ހަވީރު ނޫސް)
00:09 ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ރަސްމީ މައުލޫމާތު : "މިއަދު މެންދުރުން ފެށިގެން އެމްޑީޕީން މާލެއާއި އަތޮޅުތަކުގައި ހިންގަންފެށި މުޒާހިރާގައި މާލެއާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންދީ ބައެއް ރަށްރަށުން ފުލުހުންގެ ޚިދުމަތް މެދުކަނޑާލައި ފުލުހުންނަށް ދަނީ ބޮޑެތި އަނިޔާތައް ދެމުންނެވެ. މިގޮތުން ބައެއް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހައި އަނެއްބައި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް ދަނީ ތަޅަމުންނެވެ. އަދި އެތަންތަނުގައި ތިބި ނުރައްކާތރި ކުށްވެރިން ދަނީ ދޫކުރަމުންނެވެ. ޕޮލިސް ސްޓޭޝަންތަކަށް ޙަމަލާދެމުންދާއިރު ގިނަ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކަކީ ރައްޔިތުންގެ ތަންތަންކަމަށްވެފައި އެތަންތަނަށް ލިބޭ ގެއްލުން މަރާމާތުކުރަން ޖެހޭނީ ރައްޔިތުންނަށް ކަމަށްވާތީ އެފަދަ ކަންކަން ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނަސޭޙަތްތެރިވަމެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ގެއްލުން ލިބިފައިވާ ބައެއް ޕޮލިސް ސްޓޭޝަންތަކާއި ލިބިފައިވާ ގެއްލުމުގެ ޙާލަތު ތިރީގައި އެވަނީއެވެ."
ގދ. ތިނަދޫ
ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި މެޖިސްޓްރޭޓް ކޯޓާއި ކައުންސިލް އިދާރާ ވަނީ ރޯކޮށްލައި، ފުލުހުން ބޭނުން ކުރާ ހުރިހާ ވެހިކަލްތައްވެސް ވަނީ ރޯކޮށްލާފައި. ފުލުހުންނަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ދީފައި. 07 ފުލުހަކަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް މިހާރުވެސް ދަނީ ފަރުވާ ދެމުން. އެމް.ޑީ.ޕީއަށް ތާއީދުކުރާ ބަޔަކު ނުކުމެ ވަނީ ފުލުހުން ތިބޭ ގޭގެ ބަލައި، އެފަދަ ތަންތަނަށްވެސް ހަމަލާދީ ގެއްލުން ދޭނެކަން އަންގާފައި. އަދި ފުލުހުންނަށް ރައްކާތެރިކަމާއެކު އެރަށުގައި ތިބެވޭކަށް ނެތް.
ގދ. ފަރެސް މާތޮޑާ
އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަން ގަދަކަމުން ބަންދުކުރުވައިފި. ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ތިބީ އެމީހުންގެ ގެތަކުގައި.
ށ. މިލަންދޫ
އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަންތެރެއަށް ވަދެ ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ދިނުން ގަދަކަމުން ހުއްޓުވާލައި ޕޮލިސް ސްޓޭޝަން މިހާރުވަނީ ބަންދުކުރުވާފައި. ފުލުހުން ބޭނުން ކުރަމުންދާ ވެހިކަލްއާއި 2 ސައިކަލް ވަނީ ރޯކޮށްލާފައި. ފުލުހުންނަށް އަނިޔާކޮށް ގެއްލުން ދޭނެކަމަށް ބުނުމުން އެރަށުގައި ތިބި ހުރިހާ ފުލުހުން މިހާރުވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކުރެވިފައި.
ޏ. ފުވައްމުލައް
އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ނުކުމެ ސްޓޭޝަނަށް ވަންނަން ދިމާކުރުމުން ފުލުހުން ހުރަސް އެޅި. އެކަމާއި ގުޅިގެން ދުރުގައި ތިބެ ގާއުކައި ސްޓޭޝަންގެ ބިއްލޫރިތައް ތަޅާލައި ފުލުހުންނަށް ގެއްލުން ދީފައިވޭ. ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި.
ރ. ދުވާފަރު
އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަންތެރެއަށް ވަދެ ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ދިނުން ގަދަކަމުން ހުއްޓުވާލައި ޕޮލިސް ސްޓޭޝަން މިހާރުވަނީ ބަންދުކުރުވާފައި. ފުލުހުން ތިބީ ސްޓޭޝަން ތެރޭގައި.
ރ. އަލިފުށި
އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަންތެރެއަށް ވަދެ ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ދިނުން ގަދަކަމުން ހުއްޓުވާލައި ޕޮލިސް ސްޓޭޝަން މިހާރުވަނީ ބަންދުކުރުވާފައި. ފުލުހުން ތިބީ ސްޓޭޝަން ތެރޭގައި.
އައްޑޫ ސިޓީ
އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ނުކުމެ އައްޑޫ ސިޓީ ހިދަތޫ ޕޮލިސް ސްޓޭޝަނާއި ގަން ޕޮލިސް ސަޓޭޝަނާއި އައްޑޫ ޕޮލިސް ޓްރޭނިންގ ސްކޫލުގައި ހުޅުޖަހައި އެތަންތަނުގައި ހުރި ހުރިހާ ވެހިކަލްތަކާއި ޢިމާރާތްތައް ވަނީ ރޯކޮށް އަންދާލާފައި. އެތަންތަނުގައި މަސައްކަތްކުރާ ފުލުހުންތިބީ ރަށްރަށުގެ އެކިއެކި ތަންތަނުގައި. ފުލުހުންނަށް ވަނީ އެކިވަރުގެ ބޮޑެތި އަނިޔާތައް ލިބިފައި. އެތަންތަނުގައި ތިބި ބޮޑެތި ކުށްވެރިންވަނީ ދޫކޮށްލާފައި.
ހއ. ދިއްދޫ
އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ނުކުމެ ޕޮލިސް ސްޓޭޝަންތެރެއަށް ވަދެ ޕޮލިސް ސްޓޭޝަންގެ ޚިދުމަތް ދިނުން ގަދަކަމުން ހުއްޓުވާލައި ޕޮލިސް ސްޓޭޝަން މިހާރުވަނީ ބަންދުކުރުވާފައި. ފުލުހުން ތިބީ ރަށުގެ އެކި ތަންތަނުގައާއި ކައިރި ރަށްރަށުގައި. އެތަނުގައި ތިބި ބޮޑެތި ކުށްވެރިންވަނީ ދޫކޮށްލާފައި." - ޕޮލިސް
9 ޖެނުއަރީ 2012
ކޮމެންޓް (0)
ލޯޑް ކުރަމުން...