ރާއްޖޭގެ ޚަބަރު އެމްޑީޕީގެ "ބޮޑު މުޒާހަރާ" އެއް ބާއްވަނީ

އެމްޑީޕީގެ "ބޮޑު މުޒާހަރާ" އެއް ބާއްވަނީ

އެމްޑީޕީގެ "ބޮޑު މުޒާހަރާ" އެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑިޕީގެ މުޒާހަރާއެއްގެ ތެރެއިން: - ދިއިސްލާމް ފޮޓޯ: އަޝްވާގު

އެމްޑީޕީގެ "ބޮޑު މުޒާހަރާ" އެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މިމަހު 17 ވަނަ ދުވަހު އެމްޑިޕީއިން ބާއްވާ 'ބޮޑު މުޒާހަރާ"އަކީ  އަދުލު އިންސާފުގެ ދާއިރާ މިނިވަންކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ ގޮތުން ބާއްވާ މުޒާހަރާއެއްކަމަށް އެމްޑިޕީއިން ހާމަކުރެއެވެ. އެމްޑީޕީ އޮފީހުގައި ދާދިފަހުން ބޭއްވި ނޫސްކޮންފަރެންސެއްގައި އަލްހާން ފަހްމީ ވިދާޅުވީ "ގައުމީ މަޖލީހުން ނިންމާފައިވާ ގޮތަށް، އެ މުޒާހަރާގައި ބައިވެރިވުމަށް ރަށްރަށުން ވެސް މީހުން އަންނާނެ ކަމަށާއި އެ މުޒާހަރާ އަކީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީން ކުރާ މަސައްކަތަށް ރައްޔިތުން ތާއީދުކުރާކަން އިދިކޮޅު ފަރާތްތަކާއި ޖުޑިޝަރީގައި މަސައްކަތްކުރާ ފަރާތްތަކަށް އެންގުމަށް ބާއްވާ މުޒާހަރާއެއް" ކަމަށެވެ. އަދި އަލްހާން ވިދާޅުވީ "އަޅުގަނޑުމެން މިކުރާ މަސައްކަތަށް ރައްޔިތުންގެ މެޖޯރިޓީ ތާއީދު އޮތް ކަން ވަރަށް ޔަގީން. އެހެންވީމަ 17 ފެބުރުއަރީ އަކީ އެ މަންޒަރު ހުރިހާ އިދިކޮޅު ފަރާތްތަކަށާއި ޖުޑިޝަރީގައި ތިއްބެވި ބޭފުޅުންނަށް ފޮޓޯއަކުން ދައްކާނެ ދުވަހެއް. އެހެންވީމާ އެ މަންޒަރު ބައްލަވަން ހުރިހާ ބޭފުޅުން ވެސް ތައްޔާރަށް ތިބުމަށް އަޅުގަނޑު އެދެން،" ކަމަށެވެ.

އެމްޑީޕީއިން 'ބޮޑު މުޒާހަރާ" އަކަށް މިމަހު 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު މިމަހު 24 ވަނަ ދުވަހު އިދިކޮޅު އިއްތިހާދުން ވަނީ 'ބޮޑު މުޒާހަރާ'އެއް ބާއްވާނެކަން އިއުލާން ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.