
ކޮންމެ ހުކުރު ދުވަހެއްގެ ރޭ މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވާ ދީނީ ދަރުސްތަކުގެ ސިލިްސިލާގެ ތެރެއިން, 27 ޖެނުއަރީ ވީ މި ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި އައްޝައިޚް މުޙައްމަދު ޙަސަންގެ ދަރުހެއް ބާއްވައިފި އެވެ. ޝައިޚް ވާހަކަދައްކަވާފައިވަނީ "ޞިއްޙަތާއި ވަގުތުގެ މުޙިއްމުކަން" މި މައުޟޫގެ މައްޗަށެވެ.
މިއީ މިފަދަ ސިލްސިލާއެއްގެ ދަށުން އިސްލާމީ މަރުކަޒުގައި ޝެއިޚް ދެއްވާފައިވާ ފުރަތަމަ ދަރުހެވެ.
އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު
ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ މަޤްޞަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެމިނިސްޓްރީއިން ހާމަކުރެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...