
އެމްއެންބީސީގެ ރިޕޯޓަރަކަށް ހަމަލާދެނީ. ނައުޝާދު ބިންމަތީގައި | ދިއިސްލާމް ފޮޓޯ: އިބްން އަބްދުރަހީމް
އެމްއެންބީސީގެ ރިޕޯޓަރަކު އެކްޓިވިސްޓުންގެ ހަމާލާގައި ޒަހަމްވެއްޖެއެވެ.
މިރޭގެ މުޒާހާގައި އެމްއެންބީސީ ގެ ރިޕޯޓަރަކަށް ބަޔަކު ހަމަލާދީ އޭނާ ޒަހަމް ކޮށްލާފައިވާކަމަށް ޚަބަރު ލިބެއެވެ. ފަހުގެ ޚަބަރު ލިބޭގޮތުގައި އެމްއެންބީސީގެ ރިޕޯޓަރު ނައުޝާދުގެ ކަނާތުގެ ކަށިގަނޑެއް ބިނދިފައި ކަމަށްވާކަމަށާއި އޭނާ ޒަހަމްވެ ލޭވެސް އައިސްވައިވާކަމަށެވެ. މަންޒަރު ދުށް މީހުން މައުލޫމާތު ދީފައިވާ ގޮތުގައި އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި ތިބި ބަޔަކު ނައުޝާދު އާއި ދިމާލަށް ދުވެފައި އައިސް އަރައިގެން އިރު އޭނާ ބިންމައްޗަށް ވެއްޓިފައިވާކަމަށެއެވެ. އަދި ނައުޝާދުއަށް ހަމަލާ ދިން މީހުންގެ އަތުގައި ކަރަންޓު މުގުރުވެސ އޮތްކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމްއެންބީސީގެ ރިޕޯޓަރަށް ހަމާލާދީފައިވަނީ އެއީ ވީޓީވީގެ ރިޕޯޓަރުކަމަށް ހީކޮށެވެ.
އެމްއެންބީސީގެ ރިޕޯޓަރ ނައުޝާދަށް މިޙާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...