ރާއްޖޭގެ ޚަބަރު 50 ފަނޑިޔާރުން ރޭ ހުވާ ކުރެއްވި ހިސާބުން ފެށިގެން ރާއްޖެއިން އަދުލުވެރިކަން ގެއްލިގެން ދިޔައީކަމަށް" އައްޝައިޚު ޝުޢައިބު ޢަބްދުއްރަހްމާން ވިދާޅުވެއްޖެ

50 ފަނޑިޔާރުން ރޭ ހުވާ ކުރެއްވި ހިސާބުން ފެށިގެން ރާއްޖެއިން އަދުލުވެރިކަން ގެއްލިގެން ދިޔައީކަމަށް" އައްޝައިޚު ޝުޢައިބު ޢަބްދުއްރަހްމާން ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

"50 ފަނޑިޔާރުން ރޭ ހުވާ ކުރެއްވި ހިސާބުން ފެށިގެން ރާއްޖެއިން އަދުލުވެރިކަން ގެއްލިގެން ދިޔައީކަމަށް" އައްޝައިޚު ޝުޢައިބު ޢަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

ޖޫޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރު އައްޝައިޚު ޝުޢައިބު ޢަބްދުއްރަހްމާން ޓެލެވިޜަން މޯލްޑިވްސް އިން ފޮނުވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ރޭގައި ކަންތައްތައް ވެގެން އެދިއަގޮތުން ރާއްޖޭގައި އަދުލް އިންޞާފު ޤާއިމުކުރުމުގެ ހާލަތު މިހާރު އޮތްގޮތް ރަނގަޅަށް އެނގިގެން އެދިއައީ ކަމަށާއި ފަނޑިޔާރުން ދާއިމީ ކުރުމުގެ މިންގަނޑު ފާސްކުރެއްވި އިރު އެ މިންގަނޑަށް ތާއީދު ކުރެއްވިން ކަމަށާއި ނަމަވެސް ތާއީދުކުރެއްވީ އެމިންގަނޑގެ ދަށުން އައްޔަނުކުރެވޭ ފަނޑިޔާރުންނަކީ އުމުރަށް ދާއިމީ ކުރެވޭ ބަޔަކު ކަމުގައި ކަނޑައެޅުމަށް ނޫން" ކަމަށެވެ.

އައްޝައިޚު ޝުޢައިބު ޢަބްދުއްރަހްމާން ޓީވީ ޕްރޮގްރާމްތަކާއި ރޭޑިއޯ އިންޓަވިއުތަކުގައި ވަކާލާތުކޮށްފައިވަނީ "އިތުރު ތައުލިމާއި ތަމްރީނު ބޭނުންވާ ފަނޑިޔާރުން 5 އަހަރަށް ކަނޑައަޅައި އެ މުއްދަތުގައި ބޭނުންވާ ތައުލީމް އާއި ތަމްރީނު ދިނުމަށްފަހު ދާއިމީ ކުރުމަށް" ކަމަށެވެ.

އައްޝައިޚު ޝުޢައިބު ޢަބްދުއްރަހްމާން އަކީ ޖޫޑިޝަލް ސަރވިސް ކޮމިޝަން އަށް ރައްޔިތުންގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނެވި މެންބަރެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.