ރާއްޖޭގެ ޚަބަރު ސަލަފުން ބޭއްވި ޤުރުއާނާބެހޭ ވޯކްޝޮޕް ނިމިއްޖެ

ސަލަފުން ބޭއްވި ޤުރުއާނާބެހޭ ވޯކްޝޮޕް ނިމިއްޖެ

ސަލަފުން ބޭއްވި ޤުރުއާނާބެހޭ ވޯކްޝޮޕް ނިމިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަލަފުން ބޭއްވި ޤުރްއާން ވޯކްޝޮޕްގެ ފަހު ރޭ--ދިއިސްލާމް ފޮޓޯ: އަޝްވާޤް

ސަލަފުން ބޭއްވި ޤުރުއާނާބެހޭ ވޯކްޝޮޕް ނިމިއްޖެއެވެ.

މިމަހު 19 ވަނަ ދުވަހު ފެށިގެން 3 ދުވަހަށް ކުރިއަށް ގެންދިޔަ މިވޯކްޝޮޕްގައި 141 ބޭފުޅުން ބައިވެރިވެފައިވާކަމަށް ޖަމިއްޔަތުއް ސަލަފުން ހާމަކުރެއެވެ. ޕޮލިޓެކްނިކް ގައި ކުރިއަށްދިޔަ މިވޯކްޝޮޕްގެ  ބައިވެރިވި ބޭފުޅުންނަށް މިރޭ ސެޓްފިކެޓް ހަވާލުކުރުން ބާއްވާފައިވާއިރު  1 ވަނަ 2 ވަނަ އަދި  3 ވަނަ އަށް ހޮވުނު ބައިވެރިންގެ ނަންތައް ވަނީ އާންމުކޮށްފައެވެ.

ޖަމިއްޔަތުއް ސަލަފުން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މިވޯކްޝޮޕްގައި ކީރިތި ޤުރްއާންއަށް ކުރެވޭ ބައެއް އިޢްތިރާޟުތަކާއި، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅުގައި އެކަލޭގެފާނާއި ދެކޮޅުވެރިވި ޢަދުއްވުން ޤުރްއާނާއިމެދު ދައްކާފައިވާ ވާހަކަތަކަށް މާތް ﷲ ކީރިތި ޤުރްއާންގައި ދެއްވާފައިވާ ބައެއް ރައްދުތަކުގެ މައްޗަށް އަޅުވައިލައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި މިޒަމާނުގައި ކީރިތި ޤުރްއާނާއިމެދު ޝައްކު އުފެއްދުމުގެ ގޮތުން ރަޝާދުޚަލީފާ އުފައްދާފައިވާ ފިތުނަތަކުގެ މައްޗަށް އަލިއަޅުވާލައި، ކީރިތި ޤުރްއާނުގެ މުޢްޖިޒާތަކީ 19 ކަމުގައި ހަދައިގެން ދައްކާ ދޮގުވާހަކަތަކުގެ މައްޗަށްވެސް ވޯކްޝޮޕްގައިވަނީ ބަލާލާފައެވެ، އަދި މީގެ އިތުރުން ޤުރުއާނާއި ގުޅޭ މުހިންމު ސުވާލާއި ޖަވާބު ދިނުމުގެ ޝެޝަންއަކާއި ވޯކްޝޮޕްގެ ބައިވެރިންނަށް އިމްތިހާނެއްވެސް ވަނީ ދީފައެވެ.

މިވޯކްޝޮޕްގައި ކިޔެވައިދެއްވީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް،  އައްޝައިޚް ޙަސަން މޫސާ ފިކުރީ، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް  އަދި އައްޝައިޚް ޢަޒްމަތު ޖަމީލް އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.