އުމުރުން އެންމެ 5 އަހަރުގެ ކުޑަ ކުއްޖެއްގެ ކުރިމަތީގައި އިޒްރޭލުގެ ސިފައިން ކުއްޖާގެ ބައްޕަ ދަމާފައިގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ކުލިޕެއް ލީކުވެއްޖެއެވެ. އެ ކުޑަ ކުއްޖާއަށް މި ފެނުނު މަންޒަރުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ. އަދި ފަލަސްތީނުގެ ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީއިން މިހާރު އެ ކުއްޖާއަށް ދަނީ ފަރުވާ ދެމުންނެވެ.
މި ކުއްޖާ ދިރިއުޅެމުން އަންނަނީ އޭނަގެ އާއިލާއާ އެކު، އިޒްރޭލުން ޚިޞާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ބަކާ ނަމަކަށް ކިޔާ އަވަށެއްގައެވެ. އިޒްރޭލުގެ ސަރުކާރުން ވަނީ މިކުއްޖާގެ ބައްޕައަށާއި، އެ ސަރަހައްދުގައި އުޅެމުންދާ ފަލަސްޠީނުގެ އެންމެހާ މީސްތަކުންނަށް، އެމީހުން އެ ހިސާބުގައި އުޅޭ އިޒްރޭލުގެ ވަޒަންވެރިން އުޅޭ ސަރަހައްދުތަކުން ވަގަށް ފެން ނަގާކަމަށް ތުހުމަތު ކޮށްފައެވެ.
އިޒްރޭލުން މިހެން ބުނިނަމަވެސް ފަލަސްޠީނުގެ ރައްޔިތުން ބުނަނީ، އެމީހުން ވަނީ ފަލަސްޠީނުގެ، ޕަލަސްޓީނިއަން ވޯޓާ އޮތޯރިޓީ ނަމަކަށް ކިޔާ މުއައްޞަސާއެއްގައި ރަޖިސްޓްރީ ކޮށްފައި ކަމަށެވެ. އަދި އެމީހުން ހާމަކުރާ ގޮތުން އެމީހުންގެ ދަނޑުތަކަށް ބޭނުންވާ ފެންވެސް ގެންދަނީ ފައިސާ ދައްކައި ގަނެގެންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...