ރާއްޖޭގެ ޚަބަރު ޖަމިއްޔަތުއް ސަލަފުން ޤުރުއާނާއިބެހޭ ވޯކްޝޮޕް ފަށައިފި

ޖަމިއްޔަތުއް ސަލަފުން ޤުރުއާނާއިބެހޭ ވޯކްޝޮޕް ފަށައިފި

ޖަމިއްޔަތުއް ސަލަފުން ޤުރުއާނާއިބެހޭ ވޯކްޝޮޕް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޤުރުއާން ވޯކްޝޮޕްގެ ތެރެއިން. ދިއިސްލާމް ފޮޓޯ: އަޝްވާގު

 

ޖަމިއްޔަތުއް ސަލަފުން ޤުރުއާނާއިބެހޭ ވޯކްޝޮޕް ފަށައިފިއެވެ.

ރޭ ޕޮލިޓެކްނިކް ގައި ފެށުނު ޤުރުއާނާއި ބެހޭ ވޯކްޝޮޕް ކުރިއަށް ދާނީ މިމަހު 19، 20 އަދި 21 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ. ދެ ޖިންސުގެ 141 ބައިވެރިން ބައިވެރިވެފައިވާ މިވޯކްޝޮޕްގައި ކިޔަވައިދެއްވަނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް،  އައްޝައިޚް ޙަސަން މޫސާ ފިކުރީ، އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް  އަދި އައްޝައިޚް ޢަޒްމަތު ޖަމީލް އެވެ.

ވޯކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝެއިޚް ފިކުރީ ވިދާޅުވީ 'މިކޯހުގެ ބައިވެރިންނަށްފައިދާކުރުވަނިވި މައުލޫމާތުތަކެއް މިކޯހުން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި މިފަދަ ކޯހެއް ޖަމިއްޔަތުއް ސަލަފުން ބޭއްވީ ޤުރުއާނާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި"ކަމަށެވެ. މި ވޯކްޝޮޕްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި “ކީރިތި ޤުރުއާނަކީ ކޮބާ؟” ، “އުޞޫލުއްތަފްޞީރު” ، “ޢުލޫމުލް ޤުރުއާން”، “ކީރިތި ޤުރުއާނުގެ ތާރީޚް”، “ކީރިތި ޤުރުއާން ކިޔެވުމުގެ އަދަބުތައް”، “ކީރިތި ޤުރުއާނުގެ ފިޤުހީ ބައެއް ޙުކުމްތައް”، “ކީރިތި ޤުރުއާނާއި ގުޅޭ ގޮތުން އުފެދިފައިވާ ޝުބުޙަތައް”، “ސޫރަތުލް ފާތިޙާގެ ތަފްޞީރު” އަދި “ރައްކާތެރިވުމުގެ ގޮތުން ކިޔެވޭ ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް” ފަދަ ބައިތައް ހިމެނެއެވެ.

މީގެ ކުރިން ޖަމިއްޔަތުއް ސަލަފްއިން ވަނީ “އަޤީދާ ވޯކްޝޮޕް” އަދި “ނަމާ ދު ވޯކްޝޮޕް” ގެ ނަމުގައި ވެސް ވޯކްޝޮޕްތަކެއް ހިންގާފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.