ދަރުސް ޚަބަރު ޕީސް ފައުންޑޭޝަންގެ ފުރަތަމަ ދަރުސް މިމަހު 6 ގައި ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ފުރަތަމަ ދަރުސް މިމަހު 6 ގައި ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ފުރަތަމަ ދަރުސް މިމަހު 6 ގައި ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިލިމާލޭގައި ދާދިފަހަކުން ވުޖޫދައްއައި ޖަމްޢިއްޔާއެއް ކަމުގައިވާ ޕީސް ފައުންޑޭޝަންގެ ފުރަތަމަ ދަރުސް މިމަހު 6 ވަނަ ދުވަހު  ބާއްވަން ހަމަޖެހިފައިވާކަމަށް އެޖަމްޢިއްޔާއިން ހާމަކުރައްވައިފިއެވެ.

އެޖަމްޢިއްޔާއިން އިންތިޒާމްކުރާ ފުރަތަމަ ދަރުސްގެ މަޢުލޫއަކަށް ހަމަޖެހިފައިވަނީ 'ﷲ ގެ ދީނަށް ނަޞްރު ދޭށެވެ.' ކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ. ޝައިޚް އަޙްމަދު ސަމީރު ބިން އިބުރާހިމް ދެއްވަން ހަމަޖެހިފައިވާ ދަރުސް އޮންނާނީ ވިލިމާލޭ ފުޓުބޯޅަ ދަނޑުގައިކަމަށްވެސް ޕީސް ފައުންޑޭޝަން އިން ހާމަކުރައްވައެވެ.

ޕީސް ފައުންޑޭޝަން އުފެއްދުމުގެ ކުރިން، މިޖަމްޢިއްޔާގެ އިސްކޮށް ޚަރަކާތްތެރިވާ ބޭފުޅުން އިސްނަގައިގެން ވިލިމާލޭ ފުޓުބޯޅަދަނޑުގައިވަނީ ދަރުސްތަކެއް ބާއްވާފައެވެ. އެގޮތުން މިއަހަރުގެ ފެބުރުއަރީ 18 ވަނަދުވަހުވަނީ، 'މިއުރާޖުގެ ހަދިޔާ' މިމަޢުލޫއަށް ޝައިޚް އިލްޔާސް ޙުސައިގެ ވަރަށް ކާމިޔާބު ދަރުސެއް ބާއްވާފައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.