ލައިވް ބްލޮގް ލައިވް ބްލޮގް : މުޒާހަރާ އެއްކޮށް ރޫޅާލައި ސާފުކޮށްފި، ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!!

ލައިވް ބްލޮގް : މުޒާހަރާ އެއްކޮށް ރޫޅާލައި ސާފުކޮށްފި، ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!!

ލައިވް ބްލޮގް : މުޒާހަރާ އެއްކޮށް ރޫޅާލައި ސާފުކޮށްފި، ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!!

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

މުޒާހަރާއާ ގުޅޭ ފޮޓޯތައް:

18 ޖެނުއަރީ 2012

01:20

ފަންސާހަކަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން އެނގިފައިވާ ކަމަށް މަޖިލިސް މެމްބަރު މަހްލޫފް ވިދާޅުވެއްޖެ. މަހްލޫފް ވިދާޅުވީ ނިހާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދޭ ކަމަށް.

ނިހާން މިނިވަންކުރުމަށްޓަކައި ގާނޫނީ ވަކީލުން މަސައްކަތްކުރަމުންދާ ކަމަށް މަހްލޫފް ވިދާޅުވި.

މަހްލޫފް ވިދާޅުވީ މިރޭ އިތުރަށް ދެން މުޒާހަރާ ކުރިއަށްނުގެންދާނެ ކަމަށާއި، ދެން މުޒާހަރާ ކުރިއަށްގެންދާނީ މާދަމާ ކަމަށް.

01:05

މުޒާހަރާ ރޫޅާލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ވެސް ހިމެނޭ.

01:00

ފުލުހުން މުޒާހަރާގެ ބައިވެރިން ފައްސާލައި އެއްކޮށް ސާފުކޮށްލައިފި. މަސްމާރުކޭޓު ދޮރުމަތިން 14 ވަރަކަށް މީހުން ފުލުހުންގެ ޖިޕަށް އަރުވައިފި.

00:54

މާރުކޭޓު ކުރިމަތީގައި ތިއްބާ މުޒާހަރާ ރޫޅާލައިފި. ފުލުހުން މުޒާހަރާ ރޫޅާލީ އިންޒާރު ދިނުމެއް ނެތި ކުއްލިއަކަށް.

00:53

މުޒާހަރާގެ ބައިވެރިން ތިބީ މަސްމާރުކޭޓު ކުރިމަތީގައި. އެމްއެމްއޭ ކައިރީގައި ގިނަ ޢަދަދެއްގެ ފުލުހުން އެބަތިބި.

00:50

މިހާރު މިސްރާބު ހުރީ އެމްއެމްއޭ އާ ދިމާއަށް.

00:45

ޖުމްހޫރީ މައިދާނަށް ދާން އުޅުމުން އެތަނުން ފުލުހުން ފައްސާލައިފި. ފަސް ވަރަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

00:42

ޖުމްހޫރީ މައިދާނަށް ދާން މަސައްކަތްކުރަނީ. މުޒާހަރާ ލީޑުކުރަނީ ނިހާނު. އިސްލާމީ މަރުކަޒު ތެރޭގައި ވެސް ވަރަށް ގިނަ މީހުން އެބަތިބި.

00:40

ސަލްޓަން ޕާކު ތެރެއިން ލާފައި ގޮސް މިހާރު ތިބީ އިސްލާމީ މަރުކަޒު ކައިރީގައި

00:38

ބެލެވޭ ގޮތުގައި މިހާރު މިސްރާބު ހުރީ މުލިއާގެއާ ދިމާއަށް

00:32

މަޖީދީ މަގަށް މިސްރާބު ޖަހައިފި

00:24

މާވެޔޮ މަގުން ގޮސް އަމީނީ މަގަށް މިސްރާބު ޖަހައިފި.

00:22

ޕްރެސް ސެކްރެޓަރީ ޒުހައިރު އުޅުއްވާ ގެ ކައިރީ މުޒާހަރާކޮށްފި. ޒުހައިރުގެ އިސްތިއުފާ  އަށާއި ހައްޔަރުކުރުމަށް ގޮވާލި.

00:20

މަޖީދީ މަގުގައި ހުރި ފެންފޯއް ރުއްތަކެއްވެސް ވައްޓާލާފައިވޭ.

00:17

އަނެއްކާވެސް މިސްރާބު ހުރީ ފުލުސް ކޮމިޝަނަރު ފަސީހުގެ ގެކޮޅާ ދިމާއަށް

00:15

މިސްރާބު ހުރީ މަޖީދީ މަގާ ދިމާއަށް. ފުލުހުންގެ ދެ ދވެހިކަލެއް މުޒާހަރާގެ ބައިވެރިންގެ ފަހަތުގައި އަބަދުވެސް "ވިއްދާފައި".

00:13

ފުލުހުންގެ ވެހިކަލުން ފޭބުމުން އަނެއްކާވެސް މުޒާހަރާގެ ބައިވެރިން ނައްޓާލައިފި.

00:10

ހޯމް މިނިސްޓަރު އަފީފް ގެ އިސްތިއުފާ އަށް ގޮވާލަމުން އެބަދޭ. ހެސްކިޔާފައި ކިޔާނެ ކަމަށް ވެސް އެބަގޮވާ.

00:06

ހޯމް މިނިސްޓަރު އަފީފް ގޭ ގައިރީގައި މުޒާހަރާ ކުރަން ފަށައިފި.

ފުލުހުންގެ ވެހިކަލެއް މުޒާހަރާގެ ބައިވެރިންގެ ފަހަތުގައި އަބަދުވެސް "ވިއްދާފައި".

00:02

އަނެއްކާވެސް މިސްރާބު ޖަހާފައިވަނީ ހޯމް މިނިސްޓަރު އަފީފް ގޭ ގައިރިއަށް ދިއުމަށް.

17 ޖެނުއަރީ 2012

23:57

ފުލުސް ކޮމިޝަނަރު ފަސީހުގެ ގެކޮޅު ކައިރިއަށް އެއްވެ ޝުއޫރުފާޅުކުރުމަށް ފަހު އަނެއްކާވެސް އެހެން ދިމާއަކަށް މިސްރާބު ޖަހައިފި.

23:46

ހޯމް މިނިސްޓަރު އަފީފު ގޭ ދޮށަށް އެއްވެ އެތަނުގައި ހޯމް މިނިސްޓަރު ހައްޔަރުކުރުމަށާއި އިސްތިއުފާ ދިނުމަށް ގޮވާލައި ޝުއޫރުފާޅުކުރުމަށް ފަހު އެހެން ދިމާއަކަށް ނައްޓާލައިފި. ބެލެވެނީ ނައްޓާލީ ފުލުސް ކޮމިޝަނަރ ފަސީހުގެ ގެކޮޅު ކައިރިއަށް ދާން ކަމަށް.

23:40

މުޒާހާރާގެ ބައިވެރިން އޯކިޑް މަގުން ގޮސް ޗާންދަނީ މަގަށް އަޅައިފި. ޗާންދަނީ މަގުން ކުރިއަށް ދާއިރު އެ މަގުގައި ޖަހާފައިހުރި ފެންފޯއް ރުއްތައް ވައްޓާލަމުން އެބަދޭ.

23:38

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުންގެ ލީޑު ކުރަމުންދާ މުޒާހަރާއާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައި. ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރާއި ހޯމް މިިނިސްޓަރުގެ އިސްތިއުފާއަށް ދަނީ ގޮވަމުން.

23:35

ޢަބްދުﷲ ގާޒީގެ ޤާނޫނީ ވަކީލު ރިޒާ :

ޢަބްދުﷲ ގާޒީ އާމެދު ސިފައިން ޢަމަލުކޮށްފައިވަނީ މުޅިންވެސް ގާނޫނާ ޚިލާފަށް.

ގާނޫނީ ވަކީލަކަށް އެއްވެސް ފުރުސަތު ނުދޭ. ރޭ ގާތްގަނޑަކަށް މެންދަމު 2 ޖަހަންދެން އެމްއެންޑީއެފްގެ މައިމަރުކަޒުގައި ސިފައިންގެ މަރުކަޒުގައި ވަކީލެއްގެ ހައިސިއްޔަތުން ހުންނެވި ކަމަށާއި، ނަމަވެސް ސިފައިންގެ ފަރާތުން އެދެވޭ އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް.

ޢަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ސިފައިން ގެންގޮސް ލޯންޗަށް އެރުވިއިރު ރިޒާ އަށް ގުޅުއްވާފައި ލޯންޗަށް އެބައަރުވާ ކަމަށް ވިދާޅުވި ކަމަށް. އަދި ވަކީލެއްގެ ގޮތުން ރިޒާ ދިޔައިރު ސިފައިން ޢަބްދުﷲ ގާޒީ އާއެކު ފުރައިގެން ނައްޓާލައިފި ކަމަށް.

ޢަބްދުﷲ ގާޒީގެ އާއިލާގެ އެއްވެސް މީހަކަށް، އަނބިކަނބަލުންނަށް އަދި ދަރިންނަކަށް ވެސް މިހާތަނަށް ޢަބްދުﷲ ގާޒީ އާބެހޭ މައުލޫމާތެއް ނާންގާ.

23:24

އަބްދުﷲ ގާޒީ ހުރިތަނެއް ސާފުކުރަން އެދި މާޒް ސަލީމާއި އެހެން ދެބޭފުޅަކު ހުށަހެޅުއްވި މައްސަލަ ފުލުހުން ބަލައިގެންފި ކަމަށް އެބޭފުޅުން ބުނެފި.

23:22

ރާއްޖޭގެ ޑިމޮކްރެޓިކް ވެށީގެ އެންމެ ބޮޑު މައްސަލައަކީ ސަރުކާރުން އެކި މުއައްސަސާތަކަށް ނުފޫޒުފޯރުވުން ކަމުގައި ގައުމީ ޕާޓީގެ ރައީސް ޑރ. ޙަސަން ސައީދު ވިދާޅުވެއްޖެ.

ދުނިޔޭގެ އެއްވެސް ގައުމެއްގައި ފަނޑިޔާރަކު ވަގަށް ނަގައިގެން ގެއްލިގެން އުޅޭތަނެއް އަދި ނުފެނޭ ކަމަށް ޑރ. ޙަސަން ވިދާޅުވި. ޢަބްދުﷲ ގާޒީ އަށް އިންސާފު ހޯދައިދޭނަން.

ޢަބްދުﷲ ގާޒީއަކީ ހިތްވަރުގަދަ ކެތްތެރި ގާޒީއެއް ކަމަށް ސިފަކުރެއްވި.

23:15

އަބްދުﷲ ގާޒީ ހުރިތަނެއް ސާފުކުރަން މުޒާހަރާގެ ބައިވެރިން ފުލުސް އޮފީހަށް ވަދެއްޖެ. މައްސަލަ ހުށަހަޅަން ދިޔަ މީހުންގެ ތެރޭގައި އިސްވެހުރީ ޕީޕީއެމްގެ ނާޒިމް.

23:10

ޒުވާނުންގެ ގޮފީގެ ރައީސާ މުޙައްމަދު މަދީހް އާއި އިމާދު ޞާލިހް ލަންކާއަށް ފުރުއްވަން ތައްޔާރުވަނީ. ބައިނަލްއަގްވާމީ ކޮމިއުނިޓީކަށް މިސަރުކާރުގެ ހަގީގަތް ހާމަކޮށް ބުނެދިނުންމަށް ކުރާ ދަތުރެއް. މިދަތުރުގައި ބޭރު ގައުމުތަކުގެ މިޝަންތަކަށާއި އެމްބަސީތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވޭ.

23:05

ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު މަގާމުން ވަކިކުރަން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން އެމްޑީޕީން ނިންމައިފި. މިކަން އިއުލާންކުރީ އެމްޑީޕީ ހަރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގައި.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، އެމްއެންޑީއެފް އިން ހައްޔަރުކުރި މައްސަލަ ތަހްގީގުކޮށް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގައި އެދިވަޑައިގެންފައިވާ ކަމަށާއި އެ މައްސަލައިގައި ދައުވާ ކުރައްވާނެ ކަމަށް ޕީޖީ މުއިއްޒު ވަނީ މިރޭ ވިދާޅުވެފައި.

23:00

ޤާނޫނު އަސާސީއާ ޚިލާފަށް ހައްޔަރުކުރުމާ ގުޅިގެން އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯއްދެވުމަށް ދައުވާކުރާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވެއްޖެ.

ޑރ. ޖަމީލް :

މުޖުތަމައުގެ ރައްކާތެރިކަމާ ސަލާމަތަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން.

ރާއްޖޭގައި މިހާރު ގާނޫނީ ވެރިކަމެއް އޮތް ކަމަށް ގަބޫލުނުކުރަން.

ރާއްޖޭގެ ޢަމަލުތަކަށް ބަލާއިރު ގާނޫނު އަސާސީގެ ރައްކާތެރިކަމެއް އެއްވެސް ރައްޔިތަކަށް ނެތް. ފުލުހުންވެސް ވަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައި.

ހަނުހުރި ކަމުގައިވީ ނަމަވެސް ސުވާލު ކުރާނެކަމަށް ފުލުހުންގެ ފަރާތުން ތަހުގީގުކުރި ނަވާޒް ވިދާޅުވެފައިވޭ.

22:40

ގާޒީ އަބްދުﷲ މުހައްމަދު ވީތަނެއް ބެލުމަށް އެދި އެމްއެންޑީއެފް އަށް ސިޓީއެއް ހުށަހަޅަން މުޒާހަރާކުރާ ފަރާތްތަކުން އެބަ މަސައްކަތްކުރޭ.

22:32

މިރޭ ކުރިއަށްދިޔަ މެމްބަރުންގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ހުށަހެޅި ހުށަހެޅުންތަކަށް ވޯޓަށް ނާހާ އެކޮމިޓީގެ ބައްދަލުވުން ނިންމާލައިފި. ބައްދަލުވުން ހުއްޓާލީ، އިދިކޮޅު މެމްބަރުން ކޮމީޓީ އަށް ހުށަހެޅި މައްސަލައިގެ އިބާރާތާ މެދު އެމްޑީޕީ މެމްބަރުން ގާނޫނީ ސުވާލު ފެންމަތިކުރުމުން. އެމްޑީޕީ މެމްބަރުން ބުނީ އެއިބާރާތް އޮތް ގޮތުން މައްސަލަ ރައްދުވަނީ ގައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ކަމަށް. އަދި ގައުމީ ސަލާމަތާބެހޭ ކޮމިޓީ އަށް މި މައްސަލަ ހުށަނޭޅޭނެ ކަމަށް. އެހެންކަމުން މުގައްރިރު އަލީ ވަހީދު ކައުންސެލް ޖެނެރަލްގެ ލަފަޔަކަށް އައްސަވައި އެންމެ ފަހުން ވަނީ ބައްދަލުވުން ނިންމަވާލައްވާފައި.

ކޮމިޓީއަށް މިރޭ ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ހޯމް މިނިސްޓަރު ހަސަން އަފީފް އާއި ޑިފެންސް މިނިސްޓަރު ފަސީހު އާއި ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު އާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ކޮމިޓީ އަށް ހާޒިރުކުރުމަށް ވަނީ ހުށަހަޅާފައި. އަދި ގާޒީ އަބްދުﷲ މުހައްމަދު ވީތަނެއް ބެލުމަށް ވެސް ހުށަހެޅި.

22:30

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން :

ޢަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައަކީ ބައިނަލްއަގްވާމީ ކޯޓުތަކަށް ހުށަހަޅައިގެން ވިޔަސް، މުޒާހަރާކޮށްގެން ވިޔަސް ހައްލެއް ހޯދަން ޖެހޭ މައްސަލައެއް.

ސަރުކާރުން މަސައްކަތްކުރަނީ ސަރުކާރު ޖެހިލުންވާ ވާހަކަތައް ހުއްޓުވުމަށްޓަކައި ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަތުމަށް. ސިފައިންގެ އަމަލުތަކުގެ ނަތީޖާއަކަށް ވާނީ މުޅި ދުސްތޫރީ ނިޒާމް ހަލާކުވެ ގާނޫނީ ވެރިކަން ހިންގަން ހުރަސްއެޅުން.

މިހާރު ވޯޓެއް ނެގިޔަސް މިސަރުކާރަށް ލިބޭނީ ވަރަށް މަދުވޯޓެއް.

22:15

އަދާލަތު ޕާޓީން ބައްދަލުވުމެއް ބާއްވައިފި.
އެބައްދަލުވުމުގައި ވަނީ ރާއްޖޭގެ މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެ ކޮމެޓީއެއް އަދާލަތުން އެކުލަވާލާފައި. އެއީ ގާނޫނު އަސާސީ އާއި އަދާލަތު ޕާޓީގެ ދުސްތޫރާ ޚިލާފުނުވާ ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރު އަދާލަތު ޕާޓީގެ ރައީސް އިސްކޮށް ހުންނަވާ ހަތް މެމްބަރުންގެ މައްޗަށް އެކުލަވާލި ކޮމެޓީއެއް.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ މިރޭ އެކުލަވާލި ހަތް މެމްބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޝެއިޚް އިލްޔާސް ހުސެއިނާއި ޝެއިޚް މުހައްމަދު ޝަހީމް އަލީ ސަޢީދާއި، މުހައްމަދު އަހުމަދާއި، މުހައްމަދު މުއްތަލިބާއި، ހުސެއިން ވަފީރުގެ އިތުރުން އަސަދުﷲ ޝާފީއީ ކަމަށް.

22:05

ޖަމީލް ދޫކޮށްލުމުން މީޑިއާ ވިދާޅުވީ ފުރަތަމަ ހައްޔަރުކުރި އިރުވެސް ފުލުހުންނަށް ސަބަބު ބުނެނުދެވޭ ކަމަށް. ގާނޫނު އަސާސީގައި އިންތިޒާމްކުރެވިފައިވާ އުސޫލުތައް ތަންފީޒު ނުކުރެވޭ ކަމަށް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނުގައި ލިބިފައިވާ ކަމަށާއި، ދީން ޙިމާޔަތްކުރުމަށްޓަކައި ދައްކާ ވާހަކަތައް ހުއްޓުވުމަށްޓަކައި މީހުން ހައްޔަރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން.

ފުލުހުން ޖަމީލަށް ހަނުނުހުރެވޭނެ ކަމަށް ބުނެފައިވާ ކަމަށް.

ޢަބްދުﷲ ގާޒީ ރަހީނުކޮށް ބަންދުކުރުމަކީ ގާނޫނު އަސާސީ މުގުރާލުމަށް ކުރާ މަސައްކަތެއް ކަމަށް ޖަމީލް ވިދާޅުވި.

22:00

ކްރިމިނަލް ކޯޓްގެ ހުކުމްގައި ފާހަގަ ކޮށްފއިވާ ނުކުތާތައް:
ފާހަގަ ކުރި ނުކުތާތަކުގެ ތެރޭގައި ދެފަހަރަށް ހައްޔަރުކުރި އިރު ހުށަހަޅާފައިވަނީ އެއް ހެކިތަކެއް ކަމާއި ތުމަތު ކުރެވޭ ފަރާތަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހެއް ކަމަށް ސާބިތުކޮށްދެވިފައި ނުވުމާއި ހެކިބަސް ކޯޕަސްގެ އަމުރެއްގެ ދަށުން މީހަކު ދޫކޮށްފައި ވަނިކޮށް އެކުށުގެ ތުހުމަތުގައި ދެވަނަ ފަހަރަށް ހައްޔަރު ކުރާނަމަ ކޯޓް އަމުރަކުން ނޫނީ ހައްޔަރު ނުކުރެވޭނެ ކަމާއި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 125 ވަނަ މާއްދާގެ ދަށުން ކަމަށް ބުނާއިރު ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 66 ވަނަ މާއްދާ ގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހަމަތަކަށް ބަލާއިރު ގާނޫނުލް އުގޫބާތުގެ 125 ވަނަ މާއްދާ އަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާ ފުށު އަރާ މާއްދާއެއް ކަމަށް ބުނެފައިވޭ.

21:42

ގައުމީ ޕާޓީގެ ނާއިބް ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެވަނަފަހަރަށް ވެސް ފުލުހުން ހައްޔަރުކުރީ ގާނޫނު އަސާސީ އާއި ޚިލާފަށްކަމަށް ވާތީ ޖަމީލް ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި.

ޕޯސްޓްތައް ލޯޑްވަނީ...

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.