ރާއްޖޭގެ ޚަބަރު މިހާ ހިސާބުން ރައީސް ނަޝީދުގެ ވެރިކަން ނިމޭ ހިސާބު ފެށުނީ ކަމަށް ޑރ ޖަމީލް ވިދާޅުވެއްޖެ

މިހާ ހިސާބުން ރައީސް ނަޝީދުގެ ވެރިކަން ނިމޭ ހިސާބު ފެށުނީ ކަމަށް ޑރ ޖަމީލް ވިދާޅުވެއްޖެ

މިހާ ހިސާބުން ރައީސް ނަޝީދުގެ ވެރިކަން ނިމޭ ހިސާބު ފެށުނީ ކަމަށް ޑރ ޖަމީލް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ ޖަމީލް--ދިއިސްލާމް ފޮޓޯ:އިބްރާހިމް އަޝްވާޤް

މިހާ ހިސާބުން ރައީސް ނަޝީދުގެ ވެރިކަން ނިމޭ ހިސާބު ފެށުނީ ކަމަށް ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިހެން ވިދާޅުވީ ސަރުކާރާ ދެކޮޅަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ދައްކާފައިވާކަމަށް ބުނެ އެ މައްސަލަ ބެލުމަށް ރައީސް މުޙައްމަދު ނަޝީދު އެންގެވުމާ ގުޅިގެން، ތިންވަނަ ފަހަރަށް ފުލުހަށް ހާޒިރުކޮށް މިރޭ ޖަމީލް ހައްޔަރުކުރުމަށްފަހު ދޫނިދޫއަށް ގެންދިޔުމަށް ލޯންޗަށް އެރުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ޑރ ޖަމީލު ހައްޔަރުކޮށްފައިވާއިރު  ،ކޯޓް އަމުރެއްގެ ދަށުން ޑރ. ޖަމީލް މިނިވަންކުރުމަށް ގައުމީ ޕާޓީން މިހާރު  ވަނީ މަސައްކަތް ފަށާފައެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަމީން ވިދާޅުވިގޮތުގައި ޑރ. ޖަމީލް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެ ޕާޓީން މިރޭ މައްސަލަ ވައްދާނެކަމަށެވެ.

ޑރ ޖަމީލު ހައްޔަރު ކުރުމުން ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އަދި އޭނާ މިނިވަން ކުރަމަށް ބައެއް ފަރާތްތަކުން ޝުއޫރު ފާޅުކުރަމުންދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.