އިނގިރޭސިވިލާތުގެ ނޫހެއްކަމުގައިވާ ދަ ގާޑިއަން އާ ޙަވާލާދީ މުފައްކިރަތުލް އިސްލާމް އިއްޔެ ބަޔާންކޮށްފައިވާގޮތުގައި، މިސްރުގެ ވެރިކަމުން ދުރުކުރެވިފައިވާ ޙުސްނީ މުބާރަކު އެޤައުމުގައި ހިނގި ހަނުހިމޭން ޘަވްރާގެ ބައިވެރިން ގަތުލުކުރުމުގެ ކުށުގައި އަދި އެނޫންވެސް ސާބިތު ކުށްތަކުގެ އަދަބެއްގެ ގޮތުން އޭނާ ދައްޖެއްސުމަށް މިޞްރުގެ ކޯޓުން ކަޑަނާޅައިފިނަމަ މިސްރުގެ ރައްޔިތުން އެކަން ކުރާނެވެ.
މިސްރުގެ އެޓަނީޖެނެރަލްގެ ފަރާތުން ވަކާލާތުކުރަށްވާ ޓީމުން ޙުސްނީމުބާރަކާ އަދި ޤިޞާޞްހިފަން ޖެހޭ އެންމެހައި ކުށްވެރިން ދައްޖެއްސުމަށް ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހުވަނީ އެދިފައެވެ. އެދުވަހުގެޖަލްސާނިންމާލައިފައިވަނީ ހިނގަމުން މިދާ ޖަނަވަރީ މަހުގެ 9 ގައި ޙުސްނީ މުބާރަކްގެ މައްސަލައިގައި ފައިސަލާއިއްވުމަށެވެ.
މި މައްސަލާގައި ވަކާލާތުކުރައްވާޓީމުގެފަރާތުން މުޞްޠަފާޚާޠިރު ވާހަކަދައްކަވަމުންބުނެފައިވަނީ މި މައްސަލައިގެ ޙައްލަކީ ޤިޞާޞްހިފުމެވެ. އެހެންކަމުން ހަނުހިމޭން މުޡާހިރާކުރިމީހުންގެ ތެރެއަށް ޢުދުވާނީ ޙަމަލާދީ މީހުންމެރި މައްސަލައިގައި ޙުސްނީއާއެކު ތުހުމަތުކުރެވި ހެކިތަކުން ސާބިތުވާ ހުރިހާފަރާތްތައް ދަންޖެއްސުމަށް ޙުކުމްކުރުމަކީ ކޮންމެ ޤާޟީއެއްގެ މައްޗަށްލާޒިމްކަމެކެވެ. ހަމައެހެންމެ ސަރުކާރުގެ ވަކީލުންގެ ޓީމުގެ ރައީސް މުޞްޠަފާސުލައިމާން އިތުރަށް ބަޔާންކުރެއްވީ މުޒާހަރާގެ ބައިވެރިން ޤަތުލުކުރުމުގެ ޒިންމާ ސިޔާސީ ގޮތުންނާއި ޤާނޫނީގޮތުން ޙުސްނީމުބާރަކު އުފުލަންޖެހެއެވެ. އެ ޤަތުލުތަކުގެ ޒިންމާދާރު އެއްމެ އިސްފަރާތަކީ އޭރުގެ ރައީސްޖުމްހޫރިއްޔާކަމުގައިވި ޙުސްނީމުބާރަކެވެ. އެހެނީ ހޯމްމިނިސްޓަރ ޙަބީބުލް ޢާދަލީ ޢަސްކަރީފިޔަވަޅު އަޅާފައިވަނީ ޙުސްނީމުބާރަކުގެ އަމުރަށްކަމުން އޭނާވަނީ ދަޢުވާގެމަޖިލީހުގައި ބަޔާންކޮށްފައެވެ.
މުޒާހަރާތަކުގެ ޝަހީދުވެގެންދިޔަ މީހުންގެ ޢާއިލާގެ މީހުންނާ އަދި އެނޫންވެސް އެތައް ބަޔަކު މަގުމަތީގައި އެއްވެ އެމައްސަލައިގައި ޢަދުލުވެރި ނިޔާއަކަށް –ޤިޞާޞް ހިފުމަށް- ގޮވާލަމުންދާތާ މިހާރު ލައްކަދުވަސްވެއްޖެއެވެ. އެކި އެކި ބަހަނާތަކައި ދިގުދެއްމުގެ އުކުޅުތަކުގެ ތެރެއިން މިދިޔަ ބުރާސްފަތިދުވަހުވެސް މުޖްރިމް ޙުސްނީ އާ އޭނާގެ ބައިވެރިންގެ މައްޗަށް ޙުކުމްނުކޮށް ވަނީ ޖަލްސާނިންމައި އެހެން ދެންއޮންނަ ބައްދަލުވުމުގައި ފައިސަލާ އިއްވުމަށް ފަސްކޮށްލައިފައެވެ. ކޯޓްގެ ބޭނުންނާ މުޒާހަރާ އެކި ހިސާބުގައިވާ ލިޔުންތަކުން ދައްކާގޮތުގައި ޤިޞާޞް ޙައްޤު ހުރިހާ މުޖްރިމުންނަށް ދަންޖެއްސުމުގެ ޙުކުމް ނުކޮށްފިނަމަ މިޞްރުގެ ރައްޔިތުންނިކުމެ އެކަންކުރާނެވެ. އެހެންވެއްޖެނަމަ ޝައްކެތްނެތް ގޮތުގައި އިތުރު ހަމަނުޖެހުމާއި ފަސާދައަށް މަގުފަހިވާނެވެ. އިތުރު އެހެންބަޔެއްގެ ފުރާނައާއި މުދައު ނެތިގެންގޮސް މިޞްރު ހަލާކުގެތެރެއަށްވެއްޓޭނެވެ. ޤިޞާޞަކީ ޝައްކެތްނެއްގޮތުގައި ދިރުމެކެވެ. ބުންދިވެރިން އެކަންޤަބޫލުކުރެއެވެ. ﷲވަޙީކުރައްވަނީ وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الأَلْبَاب މާނައީ؛ އޭބުއްދީގެ އަހުލުވެރިންނޭވެ! ޤިޞާޞް ހިފުމުގައި ދިރުންވެއެވެ. އެހެނީ، ޤާތިލުވެސް މަރާލެވޭނެކަން އެނގޭ ހިނދު އެފަދަ ކުށްނުކުރުމުގެ ޝައުޤު މީސްތަކުންގެ ހިތުގައި އުފެދި މީހުންމެރުމުން ދުރުވާނެވެ. އަދި ނުހިފުމުގެ ސަބަބުން އުފެދޭނެ ފަސާދައިގައި މަރުވެގެން ހިނގައިދާނެ ފުރާނެތަކެއްވެސް ނޯންނާނެވެ. އަނެއްކޮޅުން ޤާޠިލުގެ ކިބައިން ޤިޞާޞްދުނިޔޭގައި ޤިޞާޞްހިފައިފިނަމަ އާޚިރަތުގައި ޤިޞާޞުހިފުމުން އޭނާ ސަލާމަތްވުމީވެސް ދުރުކަމެއްނޫނެވެ. ދިވެހި ރާއްޖޭގައި މީހުންމަރާ މީހުންގެ ކިބައިން ޤިޞާޞް ހިފައި ލޮލަކަށް ލޮލެއް ބޮލަކަށްބޮލެއްގެ ހަމަހަމަ އުޞޫލުއޮތް އިސްލާމީ ޝަރީޢަތް ތަންފީޒުކުރާނެ ސަރުކާރެއް އަންނާނެބާ!

















އިންޝާ ﷲ