ރާއްޖޭގެ ޚަބަރު މޮނިއުމެންޓްތައް ނަގަންޏާ ޕީޕީއެމްގެ ކުރީސަފު އެއްކޮށް މި ރާއްޖޭން ނަގާ އުކާލަންޖެހޭ- އަލީ ވަހީދު

މޮނިއުމެންޓްތައް ނަގަންޏާ ޕީޕީއެމްގެ ކުރީސަފު އެއްކޮށް މި ރާއްޖޭން ނަގާ އުކާލަންޖެހޭ- އަލީ ވަހީދު

މޮނިއުމެންޓްތައް ނަގަންޏާ ޕީޕީއެމްގެ ކުރީސަފު އެއްކޮށް މި ރާއްޖޭން ނަގާ އުކާލަންޖެހޭ- އަލީ ވަހީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލީ ވަހީދު---ފޮޓޯ: ދިއިސްލާމް

މޮނިއުމެންޓްތައް ނަގަންޏާ ޕީޕީއެމްގެ ކުރީސަފު އެއްކޮށް މި ރާއްޖޭން ނަގާ އުކާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

"ތިޔަހެނެއް ނުކިޔޭނެ" ސިލްސިލާގެ ދެ ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޑިސެމްބަރު 23ގައި ކުރި މުޒާހަރާއަކީ ހެޔޮނިޔަތެއްގައި ކުރި މުޒާހަރާއެއް ކަމަށް އޭރު ހީކުރެއްވި ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުން ހިނގައި ދިޔަ ކަންތައްތަކުން އެވިދާޅުވި ކަންތައްތަކާއި އެދެއްކި މޮނިއުމެންޓްތަކުގެ ވާހަކަ ވެގެން ދިޔައީ ހީކުރި ގޮތަށް ނޫންކަމަށެވެ.

"...ހަގީގަތުގައި އަޅުގަނޑަކީ ވެސް ގޮވާލި މީހެއް ]މޮނިއުމެންޓްތައް ނެގުމަށް[ ދެން އެ ވަރަށް އެއްޗިހި ކިޔަންޏާ އެ އެއްޗެހިތައް ނަގާށޭ، އެހެން ނަމަވެސް މިހާރު އަޅުގަނޑު ހިތަށް އަރާ އެހެން ގޮވަން ވެއްޖެއްޔާ ޕީޕީއެމްގެ ކުރީސަފު އެއްކޮށް މިރާއްޖޭން ނަގާ އުކާލަން ޖެހޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އަދި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ވެށީގައި ނަގަން ޖެހޭ މޮނިއުމެންޓްތަކެއް އެބަހުރި ކަމަށާއި އެއީ އެފްޕީއައިޑީ އާއި އެއާމޯލްޑިވްސްގެ ކަންތައްތަކާ ގުޅުން ހުރި މޮނިއުމެންޓްތަކާއި ވެރިކަމަށް އަންނަން ދުވަސްތައް ގުނަގުނާ ތިބި މޮނިއުމެންޓްތައް ކަމަށެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ  ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މޮނިއުމަންޓްތައް ނެގުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާއިރު، ގިނަ ބަޔަކަށް ފެންނަ ގޮތަކަށް އަމަލު ކުރުމަކީ ޑިމޮކްރަސީއެއްގައި ބަލިވުމެއް ނޫން ކަމަށެވެ. އަދި އެތައް ބަޔަކު އެ މޮނިއުމަންޓްތަކާ ދެކޮޅަށް އަޑު އުފުލާ އިރު، އެ މޮނިއުމަންޓްތައް ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.