ރާއްޖޭގެ ޚަބަރު "ހުރިހައި ބުދެއް ނައްތާލުމަށް ބުނުމުގެ މަޤްޞަދަކީ ހުރިހައި ބުދެއް ބެހެއްޓުން": ޝައިޚް ސަމީރު

"ހުރިހައި ބުދެއް ނައްތާލުމަށް ބުނުމުގެ މަޤްޞަދަކީ ހުރިހައި ބުދެއް ބެހެއްޓުން": ޝައިޚް ސަމީރު

"ހުރިހައި ބުދެއް ނައްތާލުމަށް ބުނުމުގެ މަޤްޞަދަކީ ހުރިހައި ބުދެއް ބެހެއްޓުން": ޝައިޚް ސަމީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

"ހުރިހައި ބުދެއް ނައްތާލުމަށް ބުނުމުގެ މަޤްޞަދަކީ ހުރިހައި ބުދެއް ބެހެއްޓުން" ކަމަށް ޝައިޚް ސަމީރު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފާއި ސަން.އެފް.އެމް ގުޅިގެން ކޮންމެ ހޯމަދުވަހެއްގެ ރޭ ކުރިއަށް ގެންދާ "ޢިލްމީ ޚަޒާނާ" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވީ މުންކަރާތެއް ރާއްޖޭގައި ކުރެވިފައި އޮތުމަކީ އިތުރު މުންކަރާތެއް ގެނައުމުގެ ހުއްޖަތަކަށް ނުބެލޭނެކަމަށާއި އައްޑޫގައި ބަހައްޓާފައިހުރި ބުދުތަކާއި އެއްކޮޅަށް ބައެއް ފަރާތްތަކުން ބަހަނާ ދެއްކުމުގެ ގޮތުން ފިހާރަތަކުގައި ބަހައްޓާފައި ހުރި ބުދާއި އަދި ގޭގޭގައި ކުދިން ކުޅެން ގެންގުޅޭ ބުދުތައްވެސް ނައްތާލަން ޖެހޭނެކަމަށް ބުނުމަކީ ﷲގެ ޝަރީޢަތާއިމެދު ހީލަތްހެދުންކަމުގައެވެ.  އައްޑޫގައި ބަހައްޓާފައި ހުރި ބުދުތައް ޙިމާޔަތް ކުރުމަށް ބައެއްމީހުން ދައްކަމުންގެންދާ ބަހަނާތަކުގެތެރޭގައި އެބައިމީހުން ބޭނުންވަނީ ރާއްޖޭގައިހުރި ހުރިހާ ބުދެއް ނައްތާލުންކަމަށް ބުނާތީ އެކަމަށް ރައްދު ދެއްވަމުން އިތުރަށް ވިދާޅުވީ އެބައިމީހުންގެ އެބުނުމުގެ ބެނުމަކީ އަދި މަޤްޞަދަކީ އެ އެއްޗެތި ނަގާ ޠާހިރު ކުރުން ނޫންކަމަށާއި މަޤްޞަދަކީ ކުރިން ކުރެވިފައިހުރި ކަންކަން އެއީ ހުއްޖަތަކަށް ބަލައިގެން ހުރިހައި އެއްޗެއް ބެހެއްޓުމުގެ ފަލްސަފާކަމުގައެވެ.

 

ބައެއް ފަރާތްތަކުން އައްޑޫގައި ބުދު ބެހެއްޓި މައްސަލާގައި ބުނަމުން ދަނީ ރާއްޖޭގައި ބައިވަރު ބުދުތައް އެކި ތަންތާގައި ހުރިކަމަށާއި އެހެންވީމާ އައްޑޫގައި ބެހެއްޓުމަކީ މައްސަލައެއް ނޫންކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.