ރާއްޖޭގެ ޚަބަރު ޕާޓީގެ ވަރަށް ގިނަ މެންބަރުން އިޒްރޭލްގެ ބޯޓު ޖެއްސުމުގެ މައްސަލާގައި ވަރަށް ކަން ބޮޑުވާ ކަމަށް މުސްތަފާ ވިދާޅުވެއްޖެ

ޕާޓީގެ ވަރަށް ގިނަ މެންބަރުން އިޒްރޭލްގެ ބޯޓު ޖެއްސުމުގެ މައްސަލާގައި ވަރަށް ކަން ބޮޑުވާ ކަމަށް މުސްތަފާ ވިދާޅުވެއްޖެ

ޕާޓީގެ ވަރަށް ގިނަ މެންބަރުން އިޒްރޭލްގެ ބޯޓު ޖެއްސުމުގެ މައްސަލާގައި ވަރަށް ކަން ބޮޑުވާ ކަމަށް މުސްތަފާ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

'މެދުމިނަށް ކުރާ ތާޢީދު'ގެ ނަމުގައި އެމްޑީޕީއިން ބޭއްވި އެއްވުމުގައި ތިމަރަފުށީ މެމްބަރު މުސްތަފާ.. ދިއިސްލާމް ފޮޓޯ: އަޝްވާގު

 

ޕާޓީގެ ވަރަށް ގިނަ މެންބަރުން އިޒްރޭލްގެ ބޯޓު ޖެއްސުމުގެ މައްސަލާގައި ވަރަށް ކަން ބޮޑުވާ ކަމަށް މުސްތަފާ ވިދާޅުވެއްޖެއެވެ.

 

މަޖިލިސް މެމްބަރ މުހައްމަދު މުސްތަފާ ޓްރާންސްޕޯޓް މިނިސްޓަރަށް ފޮނުއްވި އެސްއެމްއެސްއެއްގައި ވަނީ، "ޕާޓީގެ ވަރަށް ގިނަ މެންބަރުން މިކަމުގައި (އިޒްރޭލްގެ މަތިންދާ ބޯޓު ޖެއްސުމުގެ) މައްސަލާގައި ވަރަށް ކަން ބޮޑުވާ ވާހަކަ ވެސް ދަންނަވަން. ވީމާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީން ނިންމާފައިވާ ގަރާރަށް އިހުތިރާމް ކުރުމަށް އިހުލާސްތެރިކަމާ އެކު ދަންނަވަން. އަދި ސަރުކާރުގެ ތެރޭގައި ތިއްބެވި މަދު ބައެއްގެ ސަބަބުން މިޕާޓީ އިތުރަށް ޑެމޭޖް ވެއްޖެ ނަމަ މިމައްސަލަ ވަރަށް ގޯސްވެގެން ދާނެ ވާހަކަ ވެސް ދަންނަވަން،" ކަމަށެވެ. އަދި އެ އެސްއެސްގައި ބުނެފައިވާ ގޮތުގައި "މަޖުލިހަށް މިހާރު ހުށައެޅިފައިވާ ގަރާރާއި ދެކޮޅަށް އިސްރާއިލްގެ ފުލައިޓް ޖެއްސުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ދެއްވައިފި ނަމަ އެކަމުގެ ގެއްލުމާއި ހަލާކު އެމްޑީޕީ އަށް ލިބޭނެ"ކަމަށެވެ.

 

ތިމަރަފުށީ މެމްބަރު މުސްތަފާ އަކީ ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޅުގައި ފާޑު ވިދާޅުވާ ބޭފުޅެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.