"ސޫރަވާ ގޮތަށް ހުރި" މޮނިއުމަންޓްތައް ނަގާނެކަމުގެ އިޝާރާތެއް ރައީސް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރަސްމީ ފާލަންކައިރީ ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ރައީސް ވިދާޅުވީ، " ސޫރަވާ ގޮތަށް ހުރި މޮނިއުމަންޓްތަކާ މެދު ރައްޔިތުން ކަންބޮޑުވާ ނަމަ ބެހެއްޓުމުގެ މާނައެއް ނެތް "ކަމަށާއި "ނަމަވެސް މި މޮނިއުމަންޓްތަކަކީ އެކުވެރި ދައުލަތްތަކަކުން ހަދިޔާކޮށްފައި ހުރި މޮނިއުމަންޓްތަކަށް ވާތީވެ އެ ބޭފުޅުންނާ ވެސް މަޝްވަރާކުރުން އޮންނާނެ. އެ ބޭފުޅުންނަށް ވެސް އަޅުގަނޑު އަންގައިދޭން ޖެހޭ މިހެން މިހެން ހިތްހަމަނުޖެހުން ވާކަން"ކަމަށެވެ. މީގެ އިތުރުންވެސް ރައީސް ނަޝީދު ވަނީ މާލޭގައި މޮނިއުމަންޓް އެބަހުރި ކަމަށާއި ނަމަވެސް ސޫރަވާ ގޮތަށް ނުވަތަ ދިވެހިރާއްޖޭގައި މިހާތަނަށް އެ ބާވަތުގެ ފެންނަން ނެތް ކަހަލަ މޮނިއުމަންޓަކާ މެދު އައްޑޫ ރައްޔިތުން ނުވަތަ ރާއްޖޭގެ ރައްޔިތުން ވެސް ކަންބޮޑުވާނަމަ ސަރުކާރުން މާބާރު އަޅައިގެން ބެހެއްޓުމުގެ ނެތް ކަމަށެވެ.
ދާދިފަހުން ބޭއްވި މުޒާހަރާގެ ބައެއް ޑިމާންޑްތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ބަޔަކު މީހުން ނުކުމެދާނެތީ ބިރަކުން ނޫޅޭ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...