ދިއިސްލާމް އިސްލާމްދީނުގެ ހިމާޔަތުގައި ނ.ވެލިދޫ އިންވެސް 23 ޑިސެމްބަރުގައި ނުކުންނަނީ...

އިސްލާމްދީނުގެ ހިމާޔަތުގައި ނ.ވެލިދޫ އިންވެސް 23 ޑިސެމްބަރުގައި ނުކުންނަނީ...

އިސްލާމްދީނުގެ ހިމާޔަތުގައި ނ.ވެލިދޫ އިންވެސް 23 ޑިސެމްބަރުގައި ނުކުންނަނީ...

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ވެލިދޫ މިސްކިތް

 

އިސްލާމްދީނުގެ ހިމާޔަތުގައި ނ.ވެލިދޫ އިންވެސް 23 ޑިސެމްބަރުގައި ނުކުންނާނެކަމަށް މުޒާހަރާގެ އިސްކޮށް އުޅުއްވާ ބޭފުޅަކު ހާމަކޮށްފިއެވެ.

ދިއިސްލާމްއަށް ހާމަކުރެއްވި ގޮތުގައި "މަދަނީ އިއްތިހާދުން އިސްނަގައިގެން 23 ޑިސެމްބަރުގައި ބާއްވާ ދީނީ، ޤައުމީ، ތާރީޚީ، އަމަންއަމާން އަދި ޞުލްޙަވެރި ބޮޑު ހަރަކާތުގައި ބައިވެރިވެ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދިނުމަށާއި އިސްލާމީ ޢަޤީދާ ސާބިތުކުރުމަށް ނުކުތުމަށްޓަކައި ނ.ވެލިދޫގައި ވެސް އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުން"ކަމަށާއި "ދީނަށް ލޯބިކުރާ ޒުވާނުން ކޮޅެއް އިސްނަގައިގެން ވެލިދޫގައި ކުރިއަށް ގެންދާ މި ހަރަކާތް އިޝްތިހާރުކުރުމުގެ އިތުރުން، ބެނާއާއި ޓީޝާޓް އަދި ޝުޢޫރު ބޯޑު ފަދަ ތަކެތި މިހާރުވަނީ ތައްޔާރުކުރެވިފައިވާ"ކަމަށެވެ.

މިޞުލްޙަވެރި އެއްވުމަށް ވެލިދޫގެ ކޮންމެ ގޭބީސީ އަކަށް ލިޔުމުން ދަޢުވަތު އެރުވޭޭނެކަމަށާއި މިހަރަކާތުގައި ލިޔެވިގެން ފާޅުކުރެވޭ ތަފާތު، 100 އަށްވުރެ ގިނަ ޝުޢޫރު އުފުލޭނެކަމަށް މުޒާހަރާގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ހާމަކުރިއެވެ. އެގޮތުން މިހަރަކާތް ނ.ވެލިދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހު ހަވީރު 4.00 ގައި ބަނދަރު ސަރަހައްދު ފާލަން ކުރިމަތިން ފެށޭ ހިނގާލުމެއް ރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދާ ގޮތަށް ކަމަށާއި މިހަރަކާތުގައި ދެޖިންސްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށްވަނީ އިންތިޒާމް ކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.