ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކުގެ ތެރެއިން ހިތަދޫގައި ބަހައްޓާފައި ހުރި އަފްޣާނިސްތާނުގެ މޮނިއުމަންޓް ވެސް ބަޔަކު ހަލާކުކޮށްލައިފި އެވެ.
އައްޑޫ ކަލްޗްރަލް ސެންޓަރު ކައިރީގައި ބެހެއްޓި އަފްޣާން މޮނިއުމެންޓްގައި މުންނާރެއް ގޮތަށް އުސްކޮށް ހުރި ބައި ނައްޓާލައި، މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ އިއްޔެ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުންޏެވެ.
" އިއްޔެ އެހިސާބުގަނޑުން ލާފައި ދަނިކޮށް އެ މޮނިއުމެންޓް ނެތިގެން ތަންގަނޑުގެ މީހުން ކާރިން އެހީމަ ބުނީ އިހައްދުވަހުވެސް ނެތް ކަމަށް " މީގެ އިތުރުން ހަވީރުނޫހަށް ހަވާލަދީ އެ މޮނިއުމަންޓް ހުރި ހިސާބުގަނޑުގެ އަންހެނަކު ކިޔާދިން ގޮތުގައި އު ސަރަހައްދުގެ ގަސްތަކުގެ ތެރެއިން މޫދުގައި އޮއްވައި އޭނާ އަށް ފެނުނީ އޭތި ހަތަރު ބަޔަކަށް ތަޅާލައި އެއްކޮށް ހަލާކުކޮށްލައިފައި އޮތްވާ ކަމަށެވެ.
އަފްޣާން މޮނިއުމަންޓް ހަލާކުކޮށްލި އިރު، ޕާކިސްތާން މޮނިއުމަންޓުގައި ރޯކޮށްލުމުގެ އިތުރުން ފަހުން އެ މޮނިއުމަންޓް ވަނީ ވަގަށް ގެންގޮސްފަ އެވެ. އަދި މަރަދޫގައި ހުރި ސްރީ ލަންކާގެ މޮނިއުމަންޓަށް ވެސް ގެއްލުން ދީފައިވާ އިރު، ހިތަދޫގައި ހުރި ނޭޕާލް މޮނިއުމަންޓް ވެސް މި މަހުގެ ކުރީކޮޅު ބަޔަކު ވަނީ ވަގަށް ނަގާފަ އަދި އެއީ ވެސް ދުވާލުގެ ވަގުތެއްގައި އެވެ. އިންޑިއާގެ މޮނިއުމަންޓަށް ވެސް ގެއްލުން ދޭން ބަޔަކު މަސައްކަތްކުރި އެވމިއަދާ ހަމައަށް އަދި ގެއްލުމެއް ނުދީ ހުރީ ފޭދޫގައި ހުރި ބޫޓާން މޮނިއުމަންޓަށާއި ހިތަދޫގައި ހުރި ބަންގްލަދޭޝް މޮނިއުމަންޓަށެވެ.
މިހާރު ވެސް ދިވެހި ފުލުހުން އަންނަނީ އިންޑިއާ އާއި ލަންކާ އަދި ބަންގްލަދޭޝް މޮނިއުމަންޓް ކައިރީގައި 24 ގަޑި އިރު ފޯރިމަރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...