ޑިސެމްބަރު 23 ވަނަ ދުވަހު އޮންނަ "ބޮޑުމުޒާހަރާ"ގައި ބައިވެރިވާނެކަމަށް ބުނެ އިސްލާމީ ވަޙުދަތު ލީގުން ނޫސްބަޔާނެއް ނެރެފިއެވެ.
އިސްލާމީ ވަޙުދަތު ލީގުން ނެރެފައިވާ ނޫސްބަޔާނުގައިވަނީ، "ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ އަދި ތިބީވެސް އިސްލާމް ދީނުގެ ޙިމާޔަތުގައި ކަމަށް މިޖަމްއިއްޔާއިން ދެކޭ"ކަމަށާއި "އިސްލާމް ދީނުގެ ޙިމާޔަތުގައި ކުރެވޭ ކޮންމެ ކަމެއްގައި އިސްލާމީ ރިވެތި އަޚްލާގާއި އެއްބައިވަންތަ ކަމަށް ލޯބި ކުރުމާއި އެފަދަ ހުރިހާ ހަރަކާތެއްގައި ބައިވެރިވުމަކީ މިޖަމްއިއްޔާގެ ހުރިހާ މެމްބަރުންގެވެސް މަގްސަދު."ކަމަށެވެ. އަދި އެބާޔުނައިވަނީ "ކުރިޔަށް އޮތް ބޮޑުމުޒާހަރާގެ ކަންކަން ބެލެހެއްޓުމުގައިވެސް ފުލުހުންގެ މުއައްސަސާގެ ޒިންމާ އާއި ވާޖިބުތައް ހަނދުމަފުޅުކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގައި ވަކިފަރާތަކަށް ޖެހިވަޑައިނުގެން މަސައްކަތް ކުރެއްވުމަށް މިޖަމްއިއްޔާއިން ފުލުހުންނަށް އިލްތިމާސް ކުރާ"ކަމަށެވެ.
އިސްލާމީ ވަޙުދަތު ލީގުން މީގެ ކުރިންވެސް ވަނީ ޑިސެމްބަރ 23 ގައި ބާއްވާ މުޒާހަރާއަށް ތާއީދުކުރާކަމަށް ހާމަކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...