ދިއިސްލާމް މާލެ އާއި ހުޅުލޭ ބްރިޖް އަކުން ގުޅާލަނީ

މާލެ އާއި ހުޅުލޭ ބްރިޖް އަކުން ގުޅާލަނީ

މާލެ އާއި ހުޅުލޭ ބްރިޖް އަކުން ގުޅާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެއާއި ހުޅުލެއާ ދެމެދު ކަނޑު ހުރަސްކޮށް އަޅާ ބްރިޖްގެ ނަމޫނާއެއް -- ފޮޓޯ: ރައީސް އޮފީސް

މާލެއާއި ހުޅުލެއާ ދެމެދު ބްރިޖް އަޅާ، އެ ދެރަށް ބްރިޖުން ގުޅުވާލުމަށް ދިވެހި ސަރުކާރުން ނިއްމާފިއެވެ.

ބްރިޖް އަޅަން ވަޒީރުންގެ މަޖިލީހުން ނިއްމާފައިވަނީ މާލެ ތޮއްޖެހި، ރައްޔިތުންގެ ދިރިއުޅުމާއި ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކާއި، ދިމާވާ އިޖްތިމާޢީ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައި ދިނުމަށެވެ.

މިކަން ކުރުމަށްޓަކައި ދިރާސާކުރި ބައިނަލްއަޤްވާމީ ތަޖްރިބާކާރުން މިކަން ކުރެވޭނެ ކަމަށް ނިއްމާފައިވާއިރު، މި މަޝްރޫޢަށް ޖުމްލަ 70 މިލިއަން ޑޮލަރާއި، 100 މިލިއަން ޑޮލަރާ ދެެމެދުގެ ޢަދަދެއް ޚަރަދުވާނެކަމަށް ބެލެވެއެވެ.

ބްރިޖް އެޅުމުގެ ސަބަބުން ގިނަ ރައްޔިތުންތަކަކަށް އެކަށީގެންވާ ފައިދާއެއް އަދި ދަތުރުފަތުރު ކުރުމަށް ލުއިއެއް ލިބޭނެކަމަށް ވަނީ ބެލެވިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.