ދިއިސްލާމް "ރައްޔިތުން ނޭދޭ އަތްކަނޑާކަށް ވެސް، ގަތުލުކުރާކަށް ވެސް، ރަޖަމްކުރާކަށް ވެސް" - ރައީސް ނަޝީދު

"ރައްޔިތުން ނޭދޭ އަތްކަނޑާކަށް ވެސް، ގަތުލުކުރާކަށް ވެސް، ރަޖަމްކުރާކަށް ވެސް" - ރައީސް ނަޝީދު

"ރައްޔިތުން ނޭދޭ އަތްކަނޑާކަށް ވެސް، ގަތުލުކުރާކަށް ވެސް، ރަޖަމްކުރާކަށް ވެސް" - ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން ރައީސް ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

 

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭ ބައެއް ފަރާތްތަކަށް ލިޔުން ހަވާލު ކުރުމަށް ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ  ރާއްޖޭގެ ރައްޔިތުން އެދޭ ކަންކަން ވަރަށް ރަނގަޅަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އިސްލާމް ދީނުގައި ބަޔާން ކޮށްފައިވާ އަތްކެނޑުމާއި ރަޖަމްކުރަން ރައްޔިތުން ނޭދޭ ކަމަށެވެ. "ރައްޔިތުން ނޭދޭ އަތްކަނޑާކަށް ވެސް، ގަތުލުކުރާކަށް ވެސް، ރަޖަމްކުރާކަށް ވެސް"  ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ރައީސް އިތުރަށް ވިދާޅުވީ، ""އިސްލާމް ދީނުގެ ހިމާޔަތުގައި އުފުލާ އަޑަކީ ހަރުކަށި އުސޫލްތައް މި ރާއްޖޭގައި ގާއިމުކުރުމަށް އުފުލާ އަޑެއް. އެ އުސޫލްތައް މި ރާއްޖޭގައި ގާއިމުކުރުމަކަށް މި ރާއްޖޭގެ ރައްޔިތުން ނޭދޭ. ވެދާނެ މި ރާއްޖެ ރައްޔިތުން އަޅުގަނޑު ދެންމެ މިދެންނެވި ބަސް ބުނުމަށް ދަތިވެފައި ތިބި" ކަމަށައި "އެހެން ނަމަވެސް އަޅުގަނޑު ތިބޭފުޅުން އިންތިހާބުކޮށްފައި މިހުރީ. އަޅުގަނޑަށް ޔަގީން ތިބޭފުޅުންނަށް ވަރަށް ސާފުކޮށް އެބަ އެނގިލައްވާ އަޅުގަނޑު މިވާހަކަ ތިބޭފުޅުން ކައިރީ ބުނުމަށް ތިބޭފުޅުން އެބަ އެދޭކަން. އަޅުގަނޑުގެ ހިތުގައި ހިނގާތާ ކިތަންމެ ދުވަހެއްވެއްޖެ."  ކަމަށެވެ."

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ “ތަރައްގީއަށް އޮތް ހުރަހަކީ ބޭރު މީހުނަށް ނަފުރަތު ކުރުމާއި ދީނީ ހަރުކަށިކަން” ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.