ދިއިސްލާމް ތަރައްގީއަށް އޮތް ހުރަހަކީ ބޭރު މީހުނަށް ނަފުރަތު ކުރުމާއި ދީނީ ހަރުކަށިކަން: ރައީސް ނަޝީދު

ތަރައްގީއަށް އޮތް ހުރަހަކީ ބޭރު މީހުނަށް ނަފުރަތު ކުރުމާއި ދީނީ ހަރުކަށިކަން: ރައީސް ނަޝީދު

ތަރައްގީއަށް އޮތް ހުރަހަކީ ބޭރު މީހުނަށް ނަފުރަތު ކުރުމާއި ދީނީ ހަރުކަށިކަން: ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން ރައީސް ނަޝީދު -- ފޮޓޯ: ރައީސް އޮފީސް

 

"ތަރައްގީއަށް އޮތް ހުރަހަކީ ބޭރު މީހުނަށް ނަފުރަތު ކުރުމާއި ދީނީ ހަރުކަށިކަން" ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

 

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭ ބައެއް ފަރާތްތަކަށް ލިޔުން ހަވާލު ކުރުމަށް ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް ހުރަސްއެޅިފައިވާ ދެ ކަމެއް އޮތް ކަމަށާއި އެއީ ބޭރު މީހުންނާ ނަފުރަތުކޮށް، އަޑު އުފުލައި އުޅޭ އުޅުމާއި ހަރުކަށި ދީނީ އުސޫލްތައް ރާއްޖެ އަށް ތައާރަފުކުރުމަށް އަޑު އުފުލައި ގެންގުޅޭ ހިޔާލުތައްކަމަށެވެ. އަދި މީގެ އިތުރުން ރައީސް ވިދާޅުވީއެއްވެސް އަތަކަށް ގޮސް ހައްދު ފަހަނައަޅައި ނުދެވޭނެކަމަށާއި ރައްޔިތުން އެދެނީ ތަރައްގީ ކަމަށެވެ.

"އަޅުގަނޑަށް ފާހަގަވަނީ ބޭރު މީހުންނާ އަޅުގަނޑުމެން މާބޮޑަށް ނަފުރަތުކޮށް، އެކަންކަން ފާހަގަކޮށް އެކަމުގައި އަޑު އުފުލައި އުޅޭ އުޅުމާއި އަދި ހަރުކަށި ދީނީ އުސޫލްތައް މި ރާއްޖެ އަށް ތައާރަފުކުރުމަށް އަޑު އުފުލައި ގެންގުޅޭ ހިޔާލުތައް. އަޅުގަނޑުމެންނަށް އެއްވެސް އަތަކަށް ގޮސް ހައްދުފަހަނަޅައެއް ނުދެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ޑިސެމްބަރ 23 ގައި 'އިސްލާމް ދީނުގެ ދިފާއުގައި ދިވެހިން ނުކުންނާތީ' ރައީސް ނަޝީދު މިފަދަ ދީނީ ވާހަކަ ދެއްކުން ވަނީ އިތުރު ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.