ފާޅުކަން ބޮޑުގޮތެއްގައި ﷲއަށް ޝިރުކު ކުރުމުގެ މިނިވަންކަން ރާއްޖޭގައި އޮންނަންޖެހޭނެކަމަށް ގޮވާލާ އެއްވުންބޭވި ގ. ޕާކަރުގެ ހިއްލަތު ރަޝީދު ވެބުސައިޓް 'ހިއްލަތު ޑޮޓް ކޮމް' ގައި ފިރިހެނެއްގެ އައުރަ ގުނަވަން ސާފްކޮށް އެންގޭނެ ގޮތަށް ބަރަހަނާ ފޮޓޯ ޝާޢިއުކޮށްފައިވާ މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވުސް ޕޮލިސް ސާވިސް އިން ހާމަކުރައްވައިފިއެވެ.
މޯލްޑިވުސް ސޮސައިޓީ ފޯރ އިސްލާމިކް ރިސާޗްގެ ފަރާތުން މިމައްސަލަ ތަޙްޤީޤު ކުރުމަށް 10 ޖޫން 2011 ގައި މޯލްޑިވުސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ މައްސަލައާއި ބެހޭގޮތުން ދިއިސްލާމަށް ދެއްވި ބަސްތީގަތުމެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޯލްޑިވުސް ޕޮލިސް ސާވިސްއަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކެކޭ އެއްފަދައިން އެއްމައްސަލަވެސް ތަޚްޤީގު ކުރަމުންދާ ކަމަށެވެ. 10 ޖޫން 2011 މޯލްޑިވުސް ސޮސައިޓީ ފޯރ އިސްލާމިކް ރިސާޗްގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވުސް ޕޮލިސް ސާވިސްއިން ހާމަކޮށްފައިވާއިރު މިމައްސަލައިގައި ހިލްއަތު ފުލުސް އޮފީހަށް ޚާޟިރުކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
10 ޑިސެމްބަރު 2011 ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފަށް ﷲއަށް ޝިރުކު ކުރުމުގެ މިނިވަންކަން ރާއްޖޭގައި އޮންނަންޖެހޭނެކަމަށް ގޮވާލާ އެއްވުން ބޭއްވުމާއި ގުޅިގެން ފުލުހުން ވަނީ ހިލްއަތު ހައްޔަރުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓްންވަނީ މިމަހު 14 ވަނަ ދުވަހު ހިލްއަތު ބައްދުގެ މުއްދަތު އިތުރުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...