ދިއިސްލާމް ދިރާގުން ތައާރަފުކުރި ބުލެކް ބެރީގެ ހިދުމަތުއް ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ- ދިރާގް

ދިރާގުން ތައާރަފުކުރި ބުލެކް ބެރީގެ ހިދުމަތުއް ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ- ދިރާގް

ދިރާގުން ތައާރަފުކުރި ބުލެކް ބެރީގެ ހިދުމަތުއް ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ- ދިރާގް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިރާގުން އިއްޔެ ތައާރަފު ކުރި ބުލެކް ބެރީގެ ހިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަވެގެން ދާނެކަމަށް ދިރާގުގެ ޑިރެކްޓަރު މާކެޓިން އަހުމަދު މައުމޫން ވިދާޅުވެއްޖެއެވެ.

ދިރާގުން ތައާރަފު ކުރި މި ޚިދުމަތްތަކުން އޮފީސްތަކަށާއި ކުދި ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް މައުމޫން ފާހަގަ ކުރެއްވިއެވެ. އަދި ދިރާގުގެ ކަސްޓަަރުންނަށްވެސް ފަސޭހަތަކެއް ލިބިގެން ދާނެކަން މައުމޫން ވިދާޅުވިއެވެ.

އިއްޔެ ތައާރަފް ކުރި ބުލެކް ބެރީގެ ހިދުމަތަކީ އެފަރާތުން ޓެސްޓް ކުރުމަށް ފަހު އާއްމުންނަށް ތައާރަފު ކުރި ހިދުމަތެއްކަމަށް މައުމޫން ވިދާޅުވިއެވެ.

ދިރާގުން ތައާރަފު ކުރި ބުލެކް ބެރީގެ ޕެކޭޖްތަކަށް އަގު ނަގަން ހަމަޖެހިފައިވާ ގޮތަކީ އިންޓްރޯޕެކޭޖް ބޭނުންކުރާ ނަމަ 490 ރުފިޔާ މަހަކު ދެއްކުމަށް ފަހު ޗާޖްކުރާނީ ކިލޯބައިޓަކަށް އެއްލާރި އެވެ. ދެ ވަނަ ޕެކޭޖް ބްލެކްބެރީ ޕްރީމިއަމްގައި 590ރ. ދައްކައިގެން 700 އެމް ބީ ފްރީކޮށްފައިވާ އިރު އިތުރުވާ ކޮންމެ ކިލޯބައިޓަކަށް އެއްލާރި ނަގާނެ އެވެ. ތިން ވަނަ ޕެކޭޖް ބްލެކްބަރީ ޕްރީމިއަމް ޓޫ ބޭނުންކުރާ ފަރާތަކުން މަހަކު 710 ރުފިޔާ ދައްކަން ޖެހޭ އިރު އެއް ޖީބީގެ ޑޭޓާ އެލެވަންސް ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ބްލެކްބަރީގެ މިއިން ކޮންމެ ހިދުމަތެއް ދިނުމަށް ސެޓަޕްފީގެ ގޮތުގައި 200 ރުފިޔާގެ ޗާޖެއް ނަގާ ކަމަށް ވެސް ދިރާގުގެ ޑިރެކްޓަރު މާކެޓިން އަހުމަދު މައުމޫން ވިދާޅުވިއެވެ.

ދިރާގުގެ ކަސްޓަމަރުން ބޭނުންކުރާ ޕޯސްޓް ޕެއިޑް ޕެކޭޖަށް ބަދަލެއް ނުގެނެސް، "އެޑް އޮން" ޕެކޭޖެއްގެ ގޮތުގައި އެހިދުމަތް ލިބިގެން ދާނެ ކަމަށް ދިރާގުން ހާމަކުރެއެވެ. އަދި މި ޚިދުމަތް ދިރާގުގެ ކިދުމަތްދޭ ހުރިހާ ސަރަހައްދަކުން ލިބޭނެގޮތަށް ދިރާގުން ވަނީ އެކަން ހަމަަޖައްސާފައެވެ.

ބުލެކް ބެރީގެ ޚިދުމަތުގެ އިތުރުން ދިރާގުން ވަނީ މައިކްރޯ ސޮފްޓް އެސްޗޭންޖް އަދި ގޫގްލް އެޕްސް ބިޒިނަސް ވެސް ތައާރަފުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.