ދިއިސްލާމް އިޒްރޭލުގެ ފުލައިޓް ރާއްޖޭގައި ޖެއްސުމަކީ އެއްގޮތަކަށްވެސް ތާއިދުކުރާކަމެއް ނޫންކަމަށް ޑީއާރްޕީ އިން ބުނެފި

އިޒްރޭލުގެ ފުލައިޓް ރާއްޖޭގައި ޖެއްސުމަކީ އެއްގޮތަކަށްވެސް ތާއިދުކުރާކަމެއް ނޫންކަމަށް ޑީއާރްޕީ އިން ބުނެފި

އިޒްރޭލުގެ ފުލައިޓް ރާއްޖޭގައި ޖެއްސުމަކީ އެއްގޮތަކަށްވެސް ތާއިދުކުރާކަމެއް ނޫންކަމަށް ޑީއާރްޕީ އިން ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑީއާރްޕީގެ ނައިބް ލީޑަރު އިބްރާހިމް ޝަރީފް ނޫސްވެރިންނާ ވާހަކަ ދައްކަަވަނީ---ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

އިޒްރޭލުގެ ފުލައިޓް ރާއްޖޭގައި ޖެއްސުމަކީ އެއްގޮތަކަށްވެސް ތާއިދުކުރާކަމެއް ނޫންކަމަށް ޑީއާރްޕީ އިން ބުނެފިއެވެ.

"އިޒުރޭލްގެ ފުލައިޓް މިތާ ޖެއްސުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ތާއީދު ކުރާކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

ޑީއާރްޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް ބުނެފައިވަނީ އިޒްރޭލުގެ ފްލައިޓްތައް ޖެއްސުމާ ދެކޮޅު ހަދާ ހަރަކާތެއް ނުހިންގި ނަމަވެސް  ބަޔަކު އެކަމާއި ދެކޮޅަށް މުޒާހަރާތަކެއް ކުރާނަމަ އެ ޕާޓީން އެ ކަމުގައި ބައިވެރިވާނެކަމަށެވެ. އަދި އިޒްރޭލްގެ ފުލައިޓްތައް ރާއްޖެ އައުމަކީ އެ ޕާޓީން ދެކޮޅު ހަދާކަމެއް ކަމަށް ބުނެ އެކަން ނުކުރުމަށް ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަމާއި ދެކޮޅު ހަދާ މުޒާހަރާ ކުރާކަށް ނޫން. އެހެން ބަޔަކު އެކަމާއި ދެކޮޅަށް މުޒާހަރާ ކޮށްފިނަމަ އަޅުގަނޑުމެން އެކަމަށް ތާއީދުކޮށް ބައިވެރިވާނަން،" ޝަރީފް ވިދާޅުވި އެވެ.

އިޒްރާއިލުގެ ފްލައިޓްތައް ރާއްޖެއަށް އުދުހުމުގެ ހުއްދަދީފައިވާތީ ގިނަބަޔަކު ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

އިޒްރޭލުގެ ދަތުރުތައް ރާއްޖެއަށް ފަށާ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ތަހުގީގު ކުރުމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން މިހާރުވަނީ ހުށައަޅާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.